މާލޭ ރައްޔިތުންނަށް މުޞްޙަފް ބަހަން ފަށައިފި

މާލޭ ރައްޔިތުންނަށް މުޞްޙަފް ބެހުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ޗާޕުކޮށްގެން ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ގެނެސްފައިވާ މުޞްޙަފް މާލްދީފް މާލޭގެ ރައްޔިތުންނަށް ބަހަން ފަށައިފި އެވެ.
މިއަދު ވަނީ މާލޭގެ ރައްޔިތުންނަށް މުޞްޙަފް ބަހަން ފެށުމުގެ ގޮތުން ކުޑަރަސްމިއްޔާތެއް އިސްލާމިކް މިނިސްޓްރީގައި ބާއްވައިފަ އެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ވަނީ މާލޭގެ ރައްޔިތަކަށް މުޞްޙަފް އަވާލުކޮށްފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އެ މިނިސްޓްރީން އާންމުނަށް މުސްހަފު ދޫކުރަމުންދާނެ ކަމަށެވެ.

އަންނަ އަހަރު ނިމުމުގެ ކުރިން ކޮންމެ ދިވެއްސަކަށް މުޞްޙަފެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރުއުގެ ދަށުން އެއްލައްކަ ކޮޕީ ޗާޕުކޮށްގެން ގެނެސްފައިވާ އިރު އެ ކޮޕީތައް ބަހަން ހަމަޖެހިފައި ވަނީ އުމުރުން 15 އަހަރާއި 39 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ.

ރައީސް އަބްދުﷲ ޔާމީން މުޞްޙަފް ބެހުމުގެ މަޝްރުއު އިފްތިތާހުކޮށްދެއްވީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ރާއްޖޭގެއެކި ކަންކޮޅުތަކުގައި އިސްލާމިކް މިނިސްޓްރީން ދަނީ މުޞްޙަފްތައް ބަހަމުންނެވެ.

comment ކޮމެންޓް

comment ހެޔޮބަސް

8 year 9 month ago

ތިކުރައްވަނީ ވަރަށްރަގަޅުކަމެއް ތިއީ އިސްލާމްދީނާގުޅުންހުރިކަމެއް އަހަރެންވެސްވަރަށްބޭނުންމުސްހަފެއް އުއްމީދުކުރަންވަރަށްއަވަހަށް ލިބޭނެކަމަށް ތިކުރައްވާ ރަގަޅުމަސައްކަތްޕުޅަށް ޝުކުރުދަންނަވަން

comment ސސ

8 year 9 month ago

މުސްހަފު ބެހުމަކުން އަދި ނުފުދޭ މުސްހަފު ކިޔާ އޭގައި ލިޔެފައިވާ އެއްޗަކާއި މެދު ވިސްނާ ފިކުރުކޮށް ﷲ ގެ ކަލާން ފުޅަށް އަމަލުކުރަންވީ، ހަމައެކަނި މަތާރަންފިލާގައި ފޮތް ގޮންޑީގައި ބާއްވާއެއްޗަކަށް ނަހައްދަވާ!

comment 40

8 year 9 month ago

މުސްހަފް ތިިޔައަރުވަނީ 39 އަހަރުގެ މީހަކަށް ތޯ؟