ހެޕީ މާކެޓުން އުފައްދާ ލައިފް ފެނުގެ ބެޗް ނަމްބަރު 447 ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން މިއަދު އާންމުކުރި ނޫސް ބަޔާނެއްގައި ވަނީ މި ބެޗްގެ ފެންފުޅިތައް ވިއްކުން މަނާކޮށްފައި ވަނީ ފެން ފުޅީގައި ކަޅު ކުލައިގެ ކުނޑިކޮޅުތަކެއް ހުރުމާ ގުޅިގެން ކަމަށެވެ.
އެގޮތަށް، ބަންދުކުރި ފެން ފުޅީގައި އެއްވެސް އެއްޗެއް ފެންނަން ހުރުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބޯފެނަށް ކަނޑައަޅައިފައިވާ މިންގަނޑު އަދި ބަންދުކުރު ފެނަށް އެ އޮތޯރިޓީން ބަލާ މިންގަނޑު ބައިނަލްއަގްވާމީ ކޯޑެކްސް މިންގަނޑާ ހިލާފްވާ ކަމެއްކަމަށް ވެސް އެ އޮތޯރިޓީ އިން ބުންޏެވެ.
މިކަމާ ގުޅޭގޮތުން ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހްސާން ވިދާޅުވީ، އެ ކުންފުނިން ފެން ވިއްކުމަށް ބާޒާރަށް ނެރެނީ ވަރަށް ބޮޑަށް ބަލައި ޗެކްކުރުމަށް ފަހު ކަމަށާއި، އެމްއެފްޑީއޭ އިން އެފަދަ ބަޔާނެއް ނެރުނީ ކީއްވެގެންކަން ނޭނގޭ ކަމަށެވެ.
"އެމްއެފްޑީއޭގެ ހުއްދައާ އެކު އަޅުގަނޑުމެން އެ ބެޗްގެ ފެންވެސް މާކެޓަށް ނެރުނީ، މި ބަޔާނާ ގުޅިގެން އަޅުގަނޑުމެންގެ ފެކްޓަރީގަ ހުރި ފެންވެސް ބަލައި ޗެކްކުރިން، އެކަމަކު އެފަދަ އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވުނު،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވިއްކުން މަނާކުރި ބެޗްގެ ގާތްގަނޑަކަށް ފަސް ލައްކައެއްހާ ފުޅި އުފެއްދިކަމަށާއި އެއީ މީގެ ދެމަހެއްހާ ދުވަސް ކުރިން ކަމަށެވެ.
"މިހާރު އޭގެ ގިނަ އަދަދެއްގެ ފެން ވަނީ، ވިކިފައި. ފެކްޓަރީގައި ހުރި އެ ބެޗުގެ ފެން އަޅުގަނޑުމެން ޗެކްކުރި އިރު އެއިން އެއްވެސް މައްސަލައެއް ނުފެނުނު،" ހެޕީމާކެޓްގެ ސީއީއޯ ވިދާޅުވިއެވެ.
comment ލައުޒާ
7 year 5 month ago
ލައިފް ފެން ބޭނުން ކުރުން ހުޢްޓާލާނީ
comment ފަގީރު
7 year 5 month ago
އެކަމަކު އަތޮޅުތަކަށް (އެކެއް ޕޮއިންޓް ފަހެއް) ފެންފުޅިއެއް ގަންނަށްލިބެނީ އަށްރުފިޔާއަށް އަދި ދިހަ ރުފިޔާއަށް... މަދީ އަދިވެސް ޖީބަށް ކައުންޓަރަށް ވަންނަވަރު....އަނެއްކާ އަހަރު މުސާރަ ވާހަކަ ދެއްކީތީ ތަކެތީގެ އަގު ބޮޑުކޮށްލަންވޭ...
comment މ. ސަފީގް
7 year 5 month ago
ލައިފްފެނަކީ މާކެޓްގެ ނަމްބަރު ވަން. ތާޒާފެނުގެ ރަހައަކީ މީހުންބޭނުންވާ ޓޭސްޓެއްނޫން.ތަފާތު މާތޫނުރަހައެއް ހުންނަނީ/ތިއައްވުރެ ކިންލޭ،ނޫނީ ބޮނަކުވާވެސް މާރަނގަޅު.
comment އަހުމަދު ފަޒްލީން
7 year 5 month ago
ލައިފް ފެން ހަމަ ކަޑައީ
comment އައި ބީ
7 year 5 month ago
ފަސްލައްކަ ފުޅިބެޗަކުން އެއްމެ ސައިޒަކުން އެއްދުވަހު ހެދީމަ އެސައިޒް ފެންފުޅިއެއްގެ މަގުމަތީ އަގަކީ 2.20ރ ކަމައްވީހިނދު މަހެއްގެ މައްޗައް 28މިލިއަން ރުފިޔާގެ ވިއަފާރި ހަމައެކަނި އެސައިޒައް ވަންނައިރު، މިހާބޮޑު އާމްދަނީ އެއް ވަންނަ ކަމެއް، އަދި މީހުންގެ ސިއްހަތާ ސީދާ ގުޅުން ހުރި ކަމެއް މިހާފަރުވާކުޑަގޮތަކައް މިކަން ނުކުރުމައް ޖީސީއީއޯ ފަރާތުން އެދެން