ގާނޫނީ ވަކީލު މަހުފޫޒުގެ ސަސްޕެންޝަން ފުލުހުން އުވާލައިފި

ގާނޫނީ ވަކީޅު މަހުފޫޒު ސައީދު: ފުލުހުން ވަނީ އޭނާގެ ސަސްޕެންޝަން އުވާލާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހުން ތަހުގީގު ކުރާ މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ބައިވެރިނުވެވޭގޮތަށް ގާނޫނީ ވަކީލު މަހުފޫޒު ސައީދު ސަސްޕެންޑުކޮށްފައި އޮތްއޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިމުމަކަށް ގެނެސްފިއެވެ.

މަހުފޫޒު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަސްޕެންޝަން އުވާލައި ތަހުގީގުތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ދޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އޭނާއަށް އަންގާފައިވާ ކަމަށެވެ.

ގާނޫނީ ވަކީލުންނާ ގުޅުން ހުރި ކަންކަން ބަލަހައްޓަމުން ގެންދަނީ ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. ވަކީލުން ސަސްޕެންޑު ކުރަނީ ވެސް އެ ޑިޕާޓްމަންޓުންނެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަކީލުން ސަސްޕެންޑުކުރަން ފެށީ ދާދިފަހުންނެވެ.
ސަސްޕެންޑު ކޮށްފައިވަނީ ކޮން ކަމަކާ ގުޅިގެން ކަން އަންގާފައި ނުވާ ކަމަށް މަހުފޫޒު ވަނީ ވިދާޅުވެފައެވެ.
comment ކޮމެންޓް