ރާއްޖޭގެ ފުރަތަމަ ރައީސް، ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވުމާ ގުޅިގެން، އެކަމަނާގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އަމީނާ އަވަހާވަރަވީ މިއަދު ހެނދުނު މާލޭގަ އެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 85 އަހަރެވެ. އެކަމަނާ އަވަހާރަވީ މިފަހުން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ.
"އަންނަބީލާ އަމީނާ މުހައްމަދު އަމީން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާގުޅިގެން އަޅުގަނޑުގެ އިހްލާސްތެރި ތައުޒިޔާ މަރުހޫމާގެ އާއިލާއަށް ދަންނަވަން. މާތް ﷲ އެމަރްހޫމާއަށް، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަންދެއްވާށި! އާމީން،" ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އަމީިނާ އަކީ 23 ފެބުއަރީ 1980 އިން ފެށިގެން 15 ޖެނުއަރީ 1989 އަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އަމީނާ އަހަވާރަވުމާ ގުޅިގެން، މިހާރު ވަނީ ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފައެވެ. ތައުޒިޔާގެ ދަފްތަރުގެ ކަންކަން ކުރިއަށް ގެންދަނީ ވާޗުއަލް ކޮށެވެ.
އަމީނާ ދުނިޔެ ދޫކުރެއްވި އިރު، އެކަމަނާގެ ފިރިކަލުންނާއި ހަތަރު ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އަމީނާގެ ބޭފުޅުންނަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް، އަދި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލް، ސުވޭކާރު އަބްދުލްހަމީދު އަދި އިބްރާހިމް ފައިސަލް އެވެ.