ސްޕޮޓިފައި އިން އޯޑިއޯބުކް ވިޔަފާރި ފަށައިފި

ސްޓްރީމިން މިއުޒިކް ފަތަހަކޮށް ޕޮޑްކާސްޓިންގެ މަންޒަރު ތަކަށްފަހު ސްޕޮޓިފައި އިން މިހާރު ދަނީ އޯޑިއޯ ފޮތްތަކަށް ސަމާލުކަން ދެމުންނެވެ. އަންގާރަ ދުވަހު ސްވިޑެންގެ އޯޑިއޯ ބެހެމޮތު ވެބްސައިޓުން އިއުލާން ކުރި ގޮތުގައި އެމެރިކާގައި މިއުޒިކު އަޑުއަހާ މީހުންނަށް މިހާރު 300،000 އަށް ވުރެ ގިނަ ޓައިޓަލް ގަނެ އަޑުއަހާލެވޭނެއެވެ.

ސްޕޮޓިފައި އިން ބުނީ އެ ޕްލެޓްފޯމް އިން މިއުޒިކާއި ޕޮޑްކާސްޓްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ މީޑިއަމްއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އާ ޔޫޒާ އިންޓަފޭސްއަކާއެކު އޯޑިއޯބުކްތައް މިހާރު ތައާރަފް ކުރަމުންދާ ކަމަށެވެ.

އަލަށް ފަރުމާ ކޮށްފައިވާ ސްޕޮޓިފައިގެ ވެބްސައިޓްގައި ފޮތްތައް ސާޗްގައި ފެންނަން ހުންނައިރު އަދި ކިއުރެޓް ކޮށްފައިވާ ރެކޮމެންޑޭޝަންތަކުގައި ޕްލޭ ބަޓަންގައި ލޮކް އައިކޮން ޖަހާފައި ހުރުމުން މާނައަކީ އެ ފޮތްތައް އަޑުއަހާލުމަށްޓަކައި ގަންނަން ޖެހޭ ކަމެވެ.

ގަނެފައިވާ ސުރުޚީތައް ލައިބްރަރީގައި ސޭވްކޮށް، ބެހެއްޓޭއިރު ކޮންމެ ވަގުތަކު އަޑުއަހާލެވޭނެއެވެ. އަދި އޮފްލައިންކޮށް އަޑުއެހުމަށް ފޮތްތައް ޑައުންލޯޑް ކުރެވޭއިރު، ބުކްމާކިން ފީޗާގެ ސަބަބުން އޮޓޮމެޓިކުން އެންމެ ފަހުން ކީތަން ސޭވް ވެފައިވުމުން ހުއްޓާލި ތަން ބަލާލެވޭނެއެވެ. ސްޕޮޓިފައި އިން އިތުރަށް ތަފާތު ޕްލޭބެކް އޮޕްޝަންތައް ހުރިއިރު، ރޭޓިން ސިސްޓަމަކުން ފޮތެއް އަޑުއެހުމަށްފަހު ތިމާގެ ޚިޔާލުވެސް ހިއްސާ ކުރެވޭނެއެވެ.

ސްޕޮޓިފައި އިން އޯޑިއޯ ފޮތްތައް ވަކި ޑިވިޝަނެއްގެ ގޮތުގައި ޕޮޒިޝަން ކުރަމުންދާއިރު، މާނައަކީ ޕްރީމިއަމް (ޕޭއިން) ސަބްސްކްރައިބަރުންނަށް ޑިސްކައުންޓެއް ނުލިބޭނެއެވެ. ނަމަވެސް އެއީ ޕްރައިމް ސަބްސްކްރައިބަރުންނަށް އޮޑިބަލް ޕާކްސް ފޯރުކޮށްދޭ އެމެޒޯން ފަދަ ވާދަވެރިންނާ ތަފާތު ކަމެކެވެ.

ސްޕޮޓިފައިގެ ވީޕީ އަދި އޯޑިއޯ ފޮތްތަކާއި ގޭޓެޑް ކޮންޓެންޓްގެ ވެރިޔާ ނިރް ޒިޗާމަން އެއްބަސްވެވަޑައިގަތީ އޯޑިއޯ ފޮތްތަކަކީ ފުޅާ ފޮތް މާކެޓުގެ ހަތް ޕަސެންޓަށް ވުރެ ބޮޑު ހިއްސާއެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، މި ކެޓަގަރީ އަހަރުން އަހަރަށް 20 ޕަސެންޓް ކުރިއަރަމުންދާތީ މިދާއިރާގައި މުސްތަޤުބަލް އޮތްކަން ޔަގީންވާކަމަށް ޒިޗާމަން ވިދާޅުވިއެވެ.

ޒިޗާމަން ވިދާޅުވީ ޚާއްސަކޮށް އޯޑިއޯ ފޮތްތައް މިފަދަ ގޮތަކަށް ދުވަހަކުވެސް ތަޖުރިބާ ނުކުރާ ބެލުންތެރިންނަށް އޯޑިއޯ ފޮތްތައް ތައާރަފް ކުރުމަށް ޑިމާންޑް ބޮޑު ކަމަށެވެ. އަދި އަސްލުވެސް، އެއީ ފަހަރެއްގައިވެސް އެމީހުންނަށް ކުރިއެރުމަށް އޮތް އެންމެ ބޮޑު ފުރުޞަތެވެ.

ޕްރީމިއަމް ސަބްސްކްރައިބަރުންނަށް ޑިސްކައުންޓެއް ނުދިނުމަކީ ގޯހެއްގެ ގޮތުގައި އިހުސާސް ކުރެވޭއިރު، ސްޕޮޓިފައި އިން އެ ޚިދުމަތް ޓްރައިކޮށްލަން ހިލޭ ފޮތެއް ހުށަހަޅާނަމަ އަލަށް ވަންނަ ފަރާތްތައް އިތުރުވެ ލޭންޑް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޕޮޓިފައި އިން އަލަށް ތަޢާރަފްކުރާ މިޚިދުމަތް ބޭނުންކުރާ އެމެރިކާގެ ޔޫޒަރުންގެ ޚިޔާލުތައް ބޭނުންކޮށްގެން އިތުރު މާކެޓްތަކުގައި މިޚިދުމަތް ފުޅާ ކުރުމަށާއި، އާ ފީޗާ ރޯލްއައުޓްތަކަށް ވިސްނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް