Dhiraagu
Dhiraagu

މިއުޒިކް ކުޅެ، އަޑުއަހަން ބޭނުންވާ މީހުންނަށް އެފުރުސަތު އޮންނަންވާނެ: މަހުލޫފް

އައު އަހަރުގެ ފެށުން ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި "މޯލްޑިވްސް ވާއު ފެސްޓް" މިއުޒިކްޝޯގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މިއުޒިކް ކުޅެ، އެ އަޑުއަހަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ރާއްޖޭގައި އޮންނަންވާނެ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ADK GENERAl

އާ އަހަރު ފާހަގަކުރުމަށް, ރޭ ބޭއްވި ޝޯއާ ގުޅިގެން ބައެއް މީހުން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އެގޮތުން ބައެއް އާންމުންގެ އިތުރުން ދީނީ އިލްމުވެރިން ވަނީ އާ އަހަރު ފާހަގަ ކުރުމުގެ ނަމުގައި މިއުޒިކް ކުޅުން ފަދަ ކަންކަން ކުރުމުން ދުރުހެލި ވާންޖެހޭ ކަމަށް ބުނެފައެވެ.

ރޭ ބޭއްވި ޝޯއަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ، ރާއްޖޭގައި ވެސް މިއުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުންނެއް އުޅޭ ކަމަށެވެ. އަދި އެ ފުރުސަތު ރައްޔިތުންނަށް އޮންނަންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރޭގެ ޝޯ ބަލާލަން 20،000އާ ގާތްކުރާ އަދަދަކަށް މީހުން ދިޔަ ކަމަށެވެ.

ރޭ ބޭއްވި އެ ޝޯގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ ޕައުނީ ޕާންޑޭގެ އިތުރުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ބޭންޑުތަކުން ވެސް ޕާފޯމް ކޮށްފައިވެއެވެ. އޭގެތެރޭގައި ހަބޭސް ބޮޑުބެރު ގްރޫޕާއި ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެން ގޮސްފައިވެއެވެ.

އައު އަހަރުގެ ފެށުން ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި "މޯލްޑިވްސް ވާއު ފެސްޓް" މިއުޒިކްޝޯގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އެ ޝޯގެ ތެރެއިން އާ އަހަރު ފާހަގަކުރުމަށް ހިންގާ ފަހު ހަރަކާތެއްގެ ގޮތުން ހަވާ ވެސް އަރުވާފައިވެއެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި އާ އަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. އެގޮތުން މާލެ ސަހަރަހައްދުގައި ހަވާއެރުވުމުގެ ހަރަކާތްތަކާއި ބޭރު ފަންނާނުންގެ އިތުރުން ރާއްޖޭގެ މިއުޒިކް ފަންނާނުންގެ ހުށަހެޅުންތަކާއެކު އާ އަހަރު ފާހަގަކުރެއެވެ.

SONEE
comment ކޮމެންޓް

comment އަލީ!

2 year 6 month ago

މިޔުޒިކް ހަރާމް ކަމެއްކަމަށް ޤުރުއާނުގައި ނޯވެ

comment ހެޔޮ

2 year 6 month ago

އޮރިޔާމުން ތިބުންވެސް އޯކޭ މިހާރު، އިސްލާމީ ގައުމެއްގަ ލާވައްތަރުގެ ހެދުމެއް ދޯ އެއީ. ލަދުން ބޯހަލާކު. މިކަހަލަ ކަންތައް ކުރަންޏާ ﷲ ބަރަކާތެއް ނުލައްވާނެ

comment ބަކުރު

2 year 6 month ago

ބޭނުންވާ ބަޔަކަށް ކުޅެވެވެން ޖެހޭއިރު ބޭނުންނުވާ މީހޫންނަށް ދެނީ އަދަބު.

comment ޔޫތު

2 year 6 month ago

އަޑު އަހަންބޭނުންވާ މީހުންނާ ހުރެ ނާހާ މީހުންނަށް ހުރިހާ ތުރާލެއް ދޯ!! އެހެންނޫނަސް ދީނުގަ ހަރާމް ހުރިހާ ކަމެއް ހުއްދަވެފައިއޮތް ގައުމެއްގައި ތިކަންވެސް ކުރާނެތާ!

comment މުންޖިޗޭ

2 year 6 month ago

މަނާކޮށްފައޮތަސް ކުރަން ބޭނުންހާ ކަމެއް ކުރެވޭނުން، މިޔުޒިކު މަނާކޮށްގެން އުޅެނީ ކާކު! އިސްލާމްދީނުގައި ހުއްދަނޫން ކަންތައްތަކަށް އަރައިގަތުމަށް ލައިސަންސް ދޫކުރާ މިނިސްޓަރެއް ކޮންމެހެން މިރާއްޖެއަށް ބޭނުންވޭތަ! މިޔުޒިކާދޭތެރޭގައި އަމިއްލައަށް ވިސްނާލުމުންވެސް އޭގެ ފައިދާއާއި ގެއްލުން އިޙްސާސްކުރެވޭނެ، މިހާރުވެސް އަޑުއަހާމީހުން އަހާ، އަހަން ބޭނުންނުވާ މީހުން ނައަހާ، ސަރުކާރުގެ ވުޒާރާއަކުން ފޫގަޅާލާފަ ކޮންމެ މިސްކިތަކާޖެހިގެން މިޔުޒިކްކުޅޭ ތަނެއް ހަދަން ބޭނުމިއްޔާ އެތަންވެސް ހަދާނެ، އަދި މިސަރުކާރުން ކުރީތީ އިޔާޒުމެންކަހަލަ ޝޭޚުން އެއީ މުޖުތަމަޢަށް ބޭނުންތެރި ކަމެއްގެގޮތުގައި ފަތުވާވެސް ނެރޭނެ ތޯއްޗެއް!

comment މަ

2 year 6 month ago

ﷲ އައް ބިރުވެތި ވޭ މަހުލޫފް. މި ނޫން ދުވަހެއްވެސް އެބައޮތް