ސުހާނާގެ ފިލްމު 'ކިންގް'އަށް ދީޕިކާގެ ބަދަލުގައި ގެންނަނީ ސޯނަމް

ބަތަލާ ސޯނަމް ބާޖްވާ، ޑައިރެކްޓަރު ސިދާތު އާނަންދު، ޝާހްރުކް ޚާން އަދި ދީޕިކާ ޕަދުކޯން--ފޮޓޯ/ބޮލީވުޑްހަންގާމާ

ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާންގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމު "ކިންގް"ގެ ރޯލެއް ބަތަލާ ދީޕިކާ ޕަދުކޯނަށް ހުށަހަޅާފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ހަފްތާ ތެރޭގައި އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ ދީޕިކާ ފިލްމުގައި ޚާއްސަ ފެނިލުމަކުން ފެންނާނެ ކަމަށާއި ބަތަލާއަށް ހުށަހަޅާފައި ވަނީ ސުހާނާގެ މަންމަގެ ރޯލް ކަމަށެވެ.

ފިލްމާ ގުޅުހުންހުރި ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ދީޕިކާ އާއި ޝާހުގެ ކޮމްބޯއަކީ "ޕަތާން 2"އަށް ޚާއްސަކޮށްފައިވާ ކޮމްބޯއެއް ކަމުން އެހެން ފިލްމަކުން ދެ ތަރިން އެކީގައި ފެންނަން ޑައިރެކްޓަރު އަދިތިޔަ ޗޯޕްޅާ ބޭނުންނުވާ ކަމަށެވެ.

ޝާހްރުކް ޚާން ދަރިފުޅު ސުހާނާ ޚާންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން ފިލްމު "ކިންގް"ގެ ޑައިރެކްޓަރު ސިދާތު އާނަންދު އަދި މި ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެ އެކްޓަރު ޝާހްރުކް ވަނީ ޕަންޖާބު ބަތަލާ ސޯނަމް ބާޖުވާ ފިލްމަށް ގެންނަން ނިންމާފައެވެ.

ސޯނަމްއަށް ފިލްމު "ކިންގް"ގެ ރޯލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވާއިރު ބަތަލާ ވަނީ ބޮލީވޑުގެ އިތުރު ދެ ފިލްމަކަށް ސޮއިކޮށްފައެވެ. އެއީ "ހައުސްފުލް 5" އަދި "ބާޣީ 4"އެވެ. ނަމަވެސް ސޯނަމް ބޮލީވުޑަށް ތައާރަފްވާނެ ކަމަށް ބެލެވެނީ ފިލްމު "ކިންގް"އިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝާހްރުކް އާއި އަންހެނުން ގޯރީ ޚާން ހިއްސާވާ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓެއިންމަންޓާއި ސިދާތުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން އުފައްދާ ފިލްމު "ކިންގް"އަކީ ސުހާނާގެ ދެވަނަ ފިލްމެވެ.

ސުހާނާ ބޮލީވުޑަށް ތައާރަފްވެފައި ވަނީ 2023ވަނަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން "ދި އާޗީސް"އިންނެވެ. އަބީޝެކް ބައްޗަން މުހިއްމު ރޯލަކުން ފެންނާނެ "ކިންގް"ގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖޫން މަހުއެވެ.

comment ކޮމެންޓް