އާރްޑީސީގެ ޗެއާމަންކަމާއި ބޯޑު މެމްބަރުކަމުން ޝާމީ ވަކިކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާރްޑީސީގެ ޗެއާޕާސަންގެ މަޤާމުންނާއި އެ ކުންފުނީގެ ބޯޑުގެ މެމްބަރުކަމުން މުޙައްމަދު ޝާމީ އާދަމް ވަކިކޮށްފިއެވެ.

ޕީސީބީއިން ކޮށްފައިވާ ޓުވީޓުގައި ވަނީ އާރްޑީސީގެ ބޯޑުންނާއި ޗެއާޕާސަންކަމުގެ މަގާމުން މ. އެމޭޒަން މުޙައްމަދު ޝާމީ އާދަމް، އިއްޔެ ވަކިކޮށްފައި ވާކަމަށެެވެ.

އަދި މީގެ އިތުރުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެމްބަރުކަމުން ވެސް ޝާމީ އިއްޔެ ވަކިކޮށްފައިވާކަމަށް ޕީސީބީއިން ވަނީ ބުނެފައެވެ.

އާރްޑީސީއިން ވަނީ ޝާމީގެ ދައުރުގައި އާރްޑީސީއަށް ކޮށްދީފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އަދި ޗެއާމަނެއްގެ ގޮތުގައި ކޮށްްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކޮށް ޝާމީއަށް މުސްތަގުބަލުގައި ކާމިޔާބަށް އެެދޭކަމަށް ބުނެފައެވެ.

އޭނާ ވަކިކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

މި ފަހުން ވެސް ޕީސީބީން ވަނީ ބަދަލުތަކެއް އެކި ކުންފުނިތަކަށް ގެނެސްފައެވެ.

comment ކޮމެންޓް