Dhiraagu
Dhiraagu

ރައީސަށް އައިއައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން އަރުއްވައިފި

ރައީސަށް އައިއައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން އެރުއްވުން ------

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް, އޮނަރަރީ ޑޮކްޓަރޭޓްކަން މިއަދު އަރުއްވައިފިއެވެ.

ADK GENERAl

އެމަނިކުފާނު މެލޭޝިއާއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޝަރަފު އަރުއްވާފައި ވަނީ، އައިއައިޔޫއެމްގެ ޕަހަންގް ކޮންސްޓިޓިއުޝަންގެ ހެޑް ޓުންކޫ އަޒީޒާ އައިމިނާ މައިމޫނާ އިސްކަންދަރިއްޔާއެވެ.

ރައީސަށް އޮނަރަރީ ޑޮކްޓަރޭޓްކަން އަރުއްވާފައި ވަނީ، ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓުގެ ދާއިރާއިންނެވެ.

މި ރަސްމިއްޔާތުގައި އަޒީޒާ ވިދާޅުވީ، ގައުމު ހިންގުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުމާއި ލީޑަޝިޕާއި އިސްލާމީ އުސޫލުތަކާ އިންސާފުގެ މަގުން ރާއްޖެއަށް ކުރިއެރުން ހޯއްދަވައިދެއްވުން ފާހަގަކުރެވޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސް ވެސް ވަނީ ތަގުރީރު ކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސަށް މި ޝަރަފު އަރުވާފައި ވަނީ، އައިއައިޔޫއެމްއިން ތައުލީމު ހާސިލުކުރެއްވި ބައެއް ދިވެހި ދަރިވަރުން އެމަނިކުފާނަށް އެ ޝަރަފު ނާރުވަން އެދިވަޑައިގެންފައި ވަނިކޮށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ރައީސަށް އެ ޔުނިވާސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްކަން ނާރުވާން އެދި, އެ ތަނުން ދަސްވެނިވި 10 ދިވެހި ދަރިވަރުން ވަނީ ވަކި ވަކިން ޔުނިވާސިޓީއަށް ސިޓީ ފޮނުއްވައިފައެވެ. އޭގެ ތެރޭގައި ދާދިފަހުން ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސަސްޕެންޑް ކުރުމުން އިސްތިއުފާ ދެއްވި, ހުސްނުއްސުއޫދާއި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް މުއިއްޒަށް އެ ޝަރަފް ނާރުވާން ކުރީގެ ދަރިވަރުން އެދުނު ސަބަބުތަކުގެ ތެރޭގައި, ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް, ކުއްލި ގޮތަކަށް އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުން ހިމެނެއެވެ.

Redstar
comment ކޮމެންޓް

comment މާނިއު

2 month 3 week ago

ނަރުސް ޖަމީލަށް ދެން ލަލަލާ.

comment މާލެ

2 month 3 week ago

ހުސްނުއްސޫފި މެންގެ ބާރެއް ނެތްކަމާއި އެމީހުންނަކީ ބައެއް ނޫންކަމާއި އެމީހުން ފޮނުވާ ސިޓީތައް ބަލާނެ މީހަކު ނެތްކަމާ އެމީހުންގެ ހަސަދަ ވެރިކަން ބޭޒާރުވެގެން ދިޔައީ. މަރުހަބާ ރައީސުލްޖުމްހޫރިއްޔާ

comment ދފ

2 month 3 week ago

ރައީސުލްޖުމުހޫރިއްޔާ ޑރ މުއިޒު މަރުހަބާ ކުރިޔަށް ބާރަށް ، ބާރަށް ކުރިޔަށް ދިވެހިޤައުމު އުސްހަރުފަތަކަށް !

comment ޞަނާ

2 month 3 week ago

ވަރަށްގިނަ ރޮނގުރޮނގުން މުސްލިމުން އުޅެނީ ދުނިޔޭގެ ފުލުގައެވެ. ތިޔަ ޔުނިވާސިޓީއަކީ އޭގެ ދިރިހުރި މިސާލެއް.

comment ދިލްސާ

2 month 3 week ago

އެލިބުނަސް ދެންދިވެހިރައްޔިތުން ތާއީދުނުލިބޭނެ މުއިޒްވެރިކަންނިމެނީ މިދިވެހި ރާއްޖޭގެ ރައްޔަތުންގެ އަގުލަބިއްޔަތުން ވެރިކަމައްނާންނާނެ އަޅުގަނޑުވެސް ތާއީދެއްނުކުރަން

comment ލލ

2 month 3 week ago

10 ހަސަދަވެެރިންގެ ހަސަދަ ޗޮކުން ދިޔައީ، މަރުހަބާ ރައީސުލްޖުމުހޫރިއްޔާ ޑރ މުއިޒު ! ހަސަދަ ނާކާމިޔާބު ކޮށްލެވިއްޖެ !