ބީއެމްއެލް ވިސާ ކާޑުން ވިޔަފާރިކުރުމުން މެލޭޝިއާ ދަތުރެއް ލިބުމުގެ ފުރުސަތު

ބީއެމްއެލް ވިސާ ކާޑުން ވިޔަފާރިކޮށްގެން މެލޭޝިޔާ ދަތުރެއްގެ ފުރުސަތު -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވިސާ ކާޑުން ވިޔަފާރިކޮށްގެން މެލޭޝިޔާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ހަތަރު އާއިލާއަކަށް މެލޭޝިއާ ދަތުރު ލިބޭނެ ކަމަށެވެ.

މިހާރު ފަށައިފައިވާ މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ބޭންކުން ބުނެއެވެ.

އެ ދަތުރުގައި ލިބޭ އިނާމުތަކުގެ ތެރޭގައި:

  • 4 މީހުންގެ ދެކޮޅު ޓިކެޓް
  • 4 ދުވަހުގެ ހުރުން
  • ދަތުރުގައި ބޭނުންކުރުމަށް 500 ޑޮލަރު

ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަނުގެ މުއްދަތުގައި ވިސާ ޑެބިޓް އަދި ކްރިޑިޓް ކާޑުން ޖުމްލަ 5،000 ރުފިޔާގެ ވިޔަފާރި ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

އެ ޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު، 20 އަތޮޅުގައި ބީއެމްއެލްގެ 39 ބަރާންޗްގެ އިތުރުން 107 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 165 އޭޓީއެމް ހުރެއެވެ.

comment ކޮމެންޓް