އުރުވަޝީ ކާންސްއަށް ދިޔައީ އަގުބޮޑު ''ގުރައެއް'' ހިފައިގެން

އިންޑިއާގެ ބަތަލާ އުރުވަޝީ--ފޮޓޯ/އެންޑީޓީވީ

ފްރާންސްގައި ކުރިއަށްދާ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި ބައިވެރިވާ އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން ބަތަލާ އުރުވަޝީ ރައުޓެލާ ގެންދިޔަ އަގުބޮޑު ގުރާ އަތް ދަބަސް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

މި ފެސްޓިވަލުގެ ރެޑް ކާޕެޓްއިން އުރުވަޝީ ފެނުނުއިރު އޭނާ ހުރީ ގިނަ އެކި ކުލަތަކުގެ ސްޓޯންތަކުން ޖަރީކޮށްފައި ހުރި ޓިއާރާއަކާ އެކު ގުރައެއްގެ ސިފައިގައިން ހަދާފައި އޮތް އަތްދަބަހެއް ހިފައިގެންނެވެ.

އޭނާގެ އައުޓްފިޓްއަށް ވުރެ ބޮޑަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ވިދުންތަކާ އެކު ޖަރީކޮށްފައި އޮތް ގުރާ އަތްދަބަހެވެ. އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެއީ ހަންގޭރިއަން-އެމެރިކަން ފެޝަން ޑިޒައިނަރު ޖުޑިތު ލައިބާ ފަރުމާކޮށްފައިވާ ހަތަރު ލައްކަ ރުޕީސް (5،495 ޑޮލަރު)ގެ އަގުބޮޑު އަތްދަބަހެކެވެ.

އިންޑިއާގެ ބަތަލާ އުރުވަޝީ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި--ފޮޓޯ/އެންޑީޓީވީ

މީގެކުރިންވެސް ވަރަށް ތަފާތު ކަންކަމާ ގުޅިގެން އާއްމުންގެ ސަމާލުކަން ހޯދަމުން އަންނަ ބަތަލާ އުރުވަޝީ އަކީ އޭނާއަށް ލިބޭ ސަމާލުކަމާ އެއްވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވާ އެއް ފިލްމީ ތަރިއެވެ.

އުރުވަޝީ ކާންސްގައި ބައިވެރިވި ފޮޓޯތަކާ އެކު ބައެއް މީހުން ބުނެފައި ވަނީ އިންޑިއާގެ ފިލްމީ ތަރި އައިޝްވާރިޔާ ރާއީ ބައްޗަންއާ އެއްވަރަށް އާއްމުންގެ ސަމާލުކަން ހޯދަން އުރުވަޝީ ބޭނުންވާ ކަމަށެވެ. އުރުވަޝީގެ ހެދުމަށް އެއްބަޔަކު ތައުރީފުކުރިއިރު އަނެއް ބަޔަކު ބުނެފައި ވަނީ ބަތަލާގެ ހެއާ ސްޓައިލް ވަރަށް ވެސް ކަމުނުދާ ކަމަށެވެ.

އުރުވަޝީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ދެކުނުގެ ފިލްމެއް ކަމަށްވާ "ޑާކޫ މަހާރާޖް"އިންނެވެ.

comment ކޮމެންޓް