ޓެލެކޮމް ދުވަހާ ގުޅިގެން އުރީދޫއިން އޭއައިއާ ގުޅޭ މައުލޫމާތު މީޑިއާތަކަށް ދީފި

މީޑިއާތަކަށް އޭއައިގެ މައުލޫމާތު ދިނުމަށް އުރީދޫއިން ބޭއްވި ސެޝަންގެ ތެރެއިން --- ފޮޓޯ/ އުރީދޫ

މިއަދު ފާހަގަކުރާ ޓެލެކޮމް ދުވަހާ ގުޅިގެން އުރީދޫއިން, އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އާ ގުޅޭ މައުލޫމާތު ދިނުމަށް މީޑިއާއަށް ސެޝަނެއް ބާއްވައިފިއެވެ.

އުރީދޫއިން ބުނީ، މިއީ ޑިޖިޓަލް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެވެ.

މި ސެޝަންގެ ބައިވެރިން ވަނީ، އޭއައިއާ ގުޅޭ އާންމު މައުލޫމާތާއި އޭއައި މަސައްކަތް ކުރާ ގޮތާއި މީޑިއާގައި އޭއައި ބޭނުންކުރުމާއި އޭއައިގެ އެތިކްސް ފަދަ ކަންކަމާ ގުޅޭ ގޮތުން ވާހަކަދައްކައި، ޚިޔާލު ބަދަލުކޮށްފައެވެ.

އުރީދޫއިން މީޑިއާއަށް ޚާްއްސަކޮށް، ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން -- ފޮޓޯ/ އުރީދޫ

މިފަދަ ޓެކްނޮލިޖީއަށް މީހުން އަހުލުވެރިކުރެވޭނެ ގޮތާ މެދު ވެސް ސެޝަންގެ ބައިވެރިން ވަނީ ވާހަކަދައްކާފައެވެ.

އުރީދޫއިން ބުނީ، އެ ކުންފުނިން އުފައްދާފައިވާ އޭއައި ޗެޓް ބޮޓް ދައްކާލައި، އެ ތައްޔާރުކުރުމުގައި ބަލާފައިވާ ކަންކަން ބައިވެރިންނާ ހިއްސާކުރި ކަމަށެވެ.

މީޑިއާތަކަށް އޭއައިގެ މައުލޫމާތު ދިނުމަށް އުރީދޫއިން ބޭއްވި ސެޝަންގެ ތެރެއިން --- ފޮޓޯ/ އުރީދޫ

އާޓިފިޝަލް އިންޓެލިޖަންސަކީ އިންސާނުންގެ ވިސްނުމުގައި ހުންނަ ގާބިލްކަމާއި ސިފަތައް ދެނެގަނެ، ކޮމްޕިއުޓަރު އަލްގޮރިދަމްތައް މެދުވެރިކޮށް އެތައް ގުނައެއް އަވަހަށް މަސައްކަތް ކުރުމުގެ ގާބިލްކަން ސިސްޓަމްތަކުގައި ގާއިމްކުރުމެވެ. މިއީ މިއަދުގެ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި އެކި ބޭނުންތަކަށް ބޭނުންކުރާ ވަސީލަތެކެވެ.

comment ކޮމެންޓް