'އަބަދަށް'ގެ ވަދާއީ ޝޯއާއެކު، ސްޕޮންސަރުންގެ އަގު ވަޒަންކޮށްފި

މި އަހަރުގެ އެންމެ ފުރަތަމަ ފިލްމު 'އަބަދަށް'ގެ ވަދާޢީ ޝޯގައި އެ ފިލްމަށް އެހީތެެރިކަން ދިން ސްޕޮންސަރުންގެ އަގު ވަޒަންކޮށް، ހަނދާނީ ފިލައެއް ރޭ ހަވާލުކޮށްފިއެވެ.

'އަބަދަށް'ގެ ސްޕޮންސަރުންގެ އަގު ވަޒަންކޮށް، ފިލާ ހަވާލުކޮށްދީފައި ވަނީ، ޕްރޮޑިއުސަރު ހުސައިން ނޫރައްދީން ނާސިރު (ނޫރު)އެވެ.

އެގޮތުން، ފިލާ ދީފައިވާ ފަރާތްތަކަކީ:

  • ސަން ސިޔާމް މީޑިއާ
  • ބްރިޑްކޯ
  • ފުލުހުން
  • އެމްއެންޑީއެފް
  • ލިލީ އެންޓަޕްރައިސަސްގެ ސަންކުއިކް
  • ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)
  • ދެލި އޮންލައިން

ސަން ސިޔާމް މީޑިއާގެ ފަރާތުން ހަނދާނީ ފިލައާ ހަވާލުވެލެއްވީ ސީއީއޯ މުޙައްމަދު އާސިފް (މޮންދު)އެވެ. ފިލައާ ހަވާލުވެވަޑައިގެން، މޮންދު ވަނީ، ފިލްމުގެ ސްޕޮންސަރަކަށް ވުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި، ޕްރޮޑިއުސަރު ނޫރަށް ޝުކުރު ދަންނަވާފައެވެ.

އެގޮތުން، އެސް އެސް މީޑިއާއަކީ ފިލްމީ ތަރިންނާއި ފިލްމު އުފައްދާ ފަރާތްތަކަށް ހިތްވަރު ދޭނެ މީޑިއާއެއް ކަމަށް މޮންދު ވަނީ ވިދާޅުވެފައެވެ. އެސް އެސް ޓީވީއާއި ސަން އޮންލައިން މެދުވެރިކޮށް ފިލްމު އުފައްދާ ފަރާތްތަކަށް އަބަދުވެސް އެހީތެރިކަން ލިބޭނެކަން މޮންދު ފާހަގަކުރެއްވިއެވެ.

އަބަދަށް ފިލްމުގެ ޕްރޮޑިއުސަރު ނޫރު ވާހަކަ ދައްކަނީ--- ސަން ފޮޓޯ/ އަފުވާން ސޮލާހް

"މިގޮތުން ނޫރަށް ވެސް މިފަހަރު އަޅުގަނޑުމެން ވަރަށް އެހީތެރިވެދިނިން. އަބަދަށް ހަނދާން ހުންނާނެ ފިލްމެއް ކަމުގައި ވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން," މޮންދު ވިދާޅުވިއެވެ.

މޫމިން ފުއާދު ޑައިރެކްޓުކޮށް، ނެރެނު އަބަދަށް ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. އެއީ، ފިލްމު ލިޔެވި، ކުޅެވިފައި އޮތްލެއް ފުރިހަމަ ކަމުންނެވެ.

https://www.sun.mv/205394

މި ފިލްމުގައި ދައްކުވައިދެނީ އެކަނިވެރި ދެމައިންގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއްގެ ވާހަކައެވެ. އެކަމުގެ ތެރެއިން ދިމާވާ ކަމަކުން ސަލާމާތް ވާން ކުރެވޭ އެންމެ ކަމަކުން ދިރިއުޅުން ބަދަލުކޮށްލާ ގޮތް މި ފިލްމުގައި ދައްކުވައިދެއެވެ.

ފިލްމުގެ ލީޑްރޯލުން ފެންނަނީ ވާޝިއާ މުޙައްމަދާއި އަޙުމަދު ޝާރިފެވެ. އިތުރު ރޯލްތަކުން ސޫޒަން އިބްރާހިމްފުޅާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެނެއެވެ.

comment ކޮމެންޓް