ފުރަތަމަ ބަލަންވީ ރާއްޖޭގައި އުޅޭ ވާލާއި ކާޅުގެ އަދަދު، މަަރާނީ ފަހުން: އީޕީއޭ

ކާޅުތަކެއް: އީޕީއޭއިން ލަފާދިނީ ވާލާއި ކާޅުގެ އަދަދު ދެނެގަތުމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އުޅޭ ވާލާއި ކާޅުގެ އަދަދު ބަލައި ދެނެގަތުމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ލަފާދީފިއެވެ.

އެ އެޖެންސީއިން މިފަދައިން ލަފާދީފައިވަނީ ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން، ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދުމަށް ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް ވާލާއި ކާޅުފަދަ ދިރޭތަކެތީގެ ސަބަބުން އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުމުގެ ޝަކުވާ އަބަދުވެސް ވަރަށް އާންމެވެ.

އީޕީއޭއާއެކު ވަޒީރު ބޭއްވެވި ބައްދަލުވުމުގައި އީޕީއޭއިން ލަފާދިން ގޮތުގައި ފުރަތަމަ ކުރަންވީ ކަމަކީ ވާލާއި ކާޅުގެ އަދަދު ބަލައި ދެނެގަތުމެވެ.

އަދި އެ އަދަދު ދެނެގަތުމަށްފަހު ވާލާއި ކާޅު ބެލެހެއްޓުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެކަން އެ އެޖެންސީއިން ވަނީ ފާހަގަކޮށްފައެވެ.

އެ އެޖެންސީއިން ބުނީ ވާލާއި ކާލުގެ އުނދަގޫބޮޑުވެ، އެހެން ގޮތެއް ނެތް ނަމަ ދެން އޮތީ ކޮންޓްރޯލްކޮށްގެން އެ ތަކެތި މެރުންކަމަށެވެ. ނަމަވެސް އެއީ އެންމެ ފަހުކަމެއްގެ ގޮތުން ކުރާނެ ކަންތައްކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް ވާލާއި ކާޅުގެ ދުއްތުރާތަކުން ދަނޑުތައް ސަލާމަތްކުރުމަށް، އެތަކެތި ބެލެހެއްޓުމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ވަޒީރުގެ އިތުރުން އެ ވުޒާރާގެ ކަމާއި ގުޅުންހުރި ޑިޕާޓްމަންޓުތަކުގެ އިސްބޭފުޅުން އެ ބައްދަލުވުމުގައި ބައިވެރިވެފައިވާއިރު އެ ތަކެތި މަރަން ބޭނުންނުވާ ކަމަށާއި އެ ތަކެއްޗާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށް ވަޒީރު މާރިޔާ ވަނީ މިދިޔަ ހަފުތާ ތެރޭ ވިދާޅުވެފައެވެ.

https://sun.mv/205993

ވަޒީރު ވަނީ ކާޅާއި ވާ، އުނދަގުލަކަށްވާ ސަބަބުތަކެއް ހުރި ނަމަވެސް ދިރޭތަކެއްޗަށް ހިމާޔަތް ދޭން ބޭނުންވާ ކަމަށެވެ.

ފާހަަކޮށްލެވޭ ގޮތުގައި އަތޮޅުތެރޭގެ ރަށްރަށުގައި ކާޅާއި ވާލުގެ އިތުރުން ބުޅަލުގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

ދޭތެރެ ދޭތެރެއިން އައްޑޫގައި ކާޅުގެ އުނދަގޫ ބޮޑުވެ، އައްޑޫއިން ފެންނަ ދޮންދީންޏަށް ކާޅު އަނިޔާކުރުން ގިނަ ވާތީ، ކާޅު މަދުކުރަން ބަޑިޖަހައި މަރައިފައި ވެއެވެ.

https://sun.mv/205041

ދާދިފަހުން ރ. އިނގުރައިދޫ ކައުންސިލުން ވަނީ އެ ރަށުގައި ބުޅާގިނަވެ ބުޅަލުގެ އުނދަގޫ ބޮޑުވުމުން އެ ކަން ހައްލުކުރުމަށް ޓަކައި 300 ބުޅާ ހިފައިދޭނެ ބަޔަކު ހޯދަން އިއުލާނެއް ވެސް ކޮށްފައެވެ.

comment ކޮމެންޓް