ބަންގްލަދޭޝް މީހަކު މޭލޭޝިއާގައި ފޭކް ވޯކް ޕާމިޓް ވިއްކައިގެން ފައިދާ ހޯދަނިކޮށް ހައްޔަރުކޮށްފި

ބަންގްލަދޭޝް މީހަކު މެލޭޝިއާގައި ވަގު ވޯކް ޕާމިޓް ވިއްކި މައްސަލައެއް މެލާޝިއާ ފުލުހުން ތަހުގީގު ކުރަނީ. ފޮޓޯ/ދަ ސްޓާ

ބަންގްލަދޭޝް މީހަކު މެލޭޝިއާގައި ފޭކް ވޯކް ޕާމިޓް ވިއްކަނިކޮށް ހައްޔަރުކޮށްފިއެވެ.

އުމުރުން 30 އަހަރުގެ އެ މީހާ ވަގު ވޯކް ޕާމިޓް ޕްރިންޓްކޮށް، ކޮންމެ ޕާމިޓަކަށް 50 ރިންގިޓްގެ ރޭޓުން ފައިސާ ނަގާފައިވާ ކަމަށާއި މިހާތަނަށް 50،000 ރިންގިޓް ހޯދާފައިވާ ކަމަށް މޭލޭޝިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން ވަނީ ކުއާލަލަމްޕޫރުގެ ޖަލާން ޓަން ޓަން ސިއު ސިންގައި ހުންނަ, އޭނާ މަސައްކަތްކުރާ ތަން ބަލައި ފާސްކޮށްފައެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ވަގު ޕާމިޓް ހެދުމުގެ މަސައްކަތް ކުރަނިކޮށް ކަމަށް ވެސް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ކުއާލަލަމްޕޫރުގެ ޖަލާން މަސްޖިދު ބަލައި ފާސްކޮށް 39 އަހަރާއި 64 އަހަރާ ދެމެދުގެ އިންޑިއާގެ ތިން މީހަކު ވެސް ވަނީ ވަގު ޕާސްޕޯޓު ހެދި މައްސަލައެއްގައި ހައްޔަރުކޮށްފައެވެ.

ފުލުހުން ބަލައި ފާސްކުރިއިރު، 504 ބޭރުގެ ޕާސްޕޯޓާއި ހަތަރު ކޮމްޕިއުޓަރާއި ހަތަރު ޕްރިންޓަރާއި 23 ސީއައިޑީބީ ކާޑާއި އެތައް ފޭކް އީ-ޕީއެލްކޭއެސް ޑޮކިއުމަންޓާއި 40 އައި-ކޭޑް އަދި 94،332 ރިންގިޓް ނަގުދު ފައިސާ ވެސް ފެނިފައިވެއެވެ.

comment ކޮމެންޓް