މައިކްރޯސޮފްޓް ކްލައުޑަށް މަސްކްގެ އޭއައި މޮޑެލްތައް ގެންނަނީ

މަސްކް: މައިކްރޯސޮފްޓުންވަނީ އޭއައި ކުންފުނި ޗެޓްޖީޕީއާ ގާތްގުޅުމެއް ގާއިމް ކޮށްފައި --

މައިކްރޯސޮފްޓުން އީލޮން މަސްކްގެ އެކްސްއޭއައި (xAI) ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްތައް އެ ކުންފުނީގެ އޭއައި މާކެޓްޕްލޭސްއަށް އިތުރުކުރަން ނިންމައިފިއެވެ.

މި އަހަރުގެ ކުރީކޮޅު ތަޢާރަފުކުރި "ގްރޮކް 3" މައިކްރޯސޮފްޓްގެ ކްލައުޑް-ކޮމްޕިއުޓިން ޕްލެޓްފޯމްގައި ލިބެން ހުންނާނެކަމަށް ހޯމަ ދުވަހު އެ ކުންފުނިން ބުނެފައިވެއެވެ.

މައިކްރޯސޮފްޓާއި އެމެޒޯން.ކޮމް އަދި ގޫގުލް ފަދަ ކުންފުނިތައް ވާދަކުރަމުންދަނީ އޭއައި އެޕްލިކޭޝަންތައް ބިނާކޮށް ޑިޕްލޯއިކުރާނެ ތަނަކަށް ވުމަށެވެ. މައިކްރޯސޮފްޓްގެ އަޒޫރު ކްލައުޑް ސާވިސްގެ ކަސްޓަމަރުންނަށް 1,900 އަށްވުރެ ގިނަ އޭއައި މޮޑެލްތަކުގެ ވެރިއަންޓްތައް ބޭނުންކުރެވޭނެއެވެ. މީގެ ތެރޭގައި އޯޕަންއޭއައި، މެޓާ ޕްލެޓްފޯމްސް އަދި ޑީޕްސީކް ހިމެނެއެވެ.

ހޯމަ ދުވަހު ފެށި މައިކްރޯސޮފްޓްގެ "ބިލްޑް" ކޮންފަރެންސްގައި ގިނަ އިޢުލާންތަކެއް ކުރެވިފައިވަނީ ކުންފުނިން އޭޖެންޓްތައް ބެލެހެއްޓުމަށް ބިނާކުރަމުންދާ ޕްރޮޑަކްޓްތަކާ ގުޅޭގޮތުންނެވެ.

އެކުންފުނިން ބުނެފައިވަނީ ވިންޑޯސް އަދި އެހެނިހެން މައިކްރޯސޮފްޓް ޕްރޮޑަކްޓްތަކުން އެންތްރޮޕިކްގެ މޮޑެލް ކޮންޓެކްސްޓް ޕްރޮޓޮކޯލް (MCP) އަށް ސަޕޯޓް ދޭނެކަމަށެވެ.

މައިކްރޯސޮފްޓުން ޗެޓްޖީޕީޓީގެ ސަޕްލަޔާ އޯޕަންއޭއައިގައި ކޮށްފައިވާ ބޮޑު އިންވެސްޓްމަންޓްގެ ސަބަބުން، އާޓިފިޝަލް އިންޓެލިޖެންސް ޓޫލްތަކުގެ ދާއިރާގައި ލީޑަރެއްގެ މަގާމު ހޯދާފައިވެއެވެ.

އެ ކުންފުނިން ޑިވެލޮޕަރުންނާއި ވިޔަފާރިތަކަށް ޖެނެރޭޓިވް އޭއައި އާ ގުޅޭ އިތުރު އިންސައިޓްތަކާއި ބިލްޑިން ބްލޮކްތައް ދިނުމަށް އެކި ބާވަތުގެ ޕްރޮޑަކްޓްތައް ވެސް ތަޢާރަފުކޮށްފައިވެއެވެ.

އެކްސްއޭއައިގެ ގްރޮކް 3 އަދި ގްރޮކް 3 މިނީ މައިކްރޯސޮފްޓްގެ އަޒޫރު އޭއައި ފައުންޑްރީގައި މިހާރު ލިބެން ހުންނާނެއެވެ. މައިކްރޯސޮފްޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސަތްޔާ ނަޑެއްލާގެ ކީނޯޓް ސްޕީޗްގައި މަސްކް ވާޗުއަލްކޮށް ބައިވެރިވެ، ގްރޮކް އޭއައި މޮޑެލްތަކާ ގުޅޭގޮތުން ޑިވެލޮޕަރުންގެ ފީޑްބެކް ހޯދުމަށް އުންމީދުކުރާ ކަމަށް ވިދާޅުވިއެވެ.

މައިކްރޯސޮފްޓުން ޖަނަވަރީ މަހު ބުނެފައިވަނީ އެ ކުންފުނީގެ އޭއައި ސުއިޓް އަހަރަކު މަދުވެގެން 13 ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދާނެކަމަށެވެ.

comment ކޮމެންޓް