އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން 150،000 ރުފިޔާގެ ކުރެޑިޓް ދޭ ތިން ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި މިއަދު ފެށި އެ ޕްރޮމޯޝަން ތަކަކީ ރެސްޓޯރަންޓްތަކާއި ކެފޭ ތަކުގެ ކްރެޑިޓް އޮފާސް ތަކުގެ އިތުރުން އެޕާޓްމަންޓްތަކަށް ބަދަލުވާ މީހުންނަށް ޚާއްސަ ކޮށްގެން ކުރިއަށްގެން ދާ ޕްރޮމޯޝަންތަކެކެވެ.
ރެސްޓޯރަންޓް ކެފޭތަކަށް ޚާއްސަ ޕްރޮމޯޝަން:
އެސްޓީއޯއިން ބުނީ ރެސްޓޯރަންޓް އަދި ކެފޭ ހިންގާ މީހުން ރެޖިސްޓްރޭޝަން ފޯމް ފުރުމަށް ފަހު, ހުށަހެޅުމުން ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
މި ޕްރޮމޯޝަންގެ ތެރެއިން ރެސްޓޯރަންޓް އަދި ކެފޭތަކަށް ޚާއްސަ އަގުތަކެއް ވެސް އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ. އަދި ތިން މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވިޔަފާރި ކުރާ 10 ފަރާތުގެ ތެރެއިން އެއްވަނަ އިނާމަކަށް 150،000 ރުފިޔާގެ ކްރެޑިޓް، ދެ ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް އަދި ތިންވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އަދި މީގެ އިތުރުން އިތުރު ހަތް ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީއެއް ދޭގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ކަމަށެވެ.
ހޯލްސޭލް ކަސްޓަމަރުންނަށް ޚާއްސަ އޮފާ:
އެ ކުންފުނިން ބުނީ މި އޮފާގެ ދަށުން ޖެނެރަލް ޓްރޭޑިންއިން ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެެވެ.
އަދި މި އޮފާވެސް ކުރިއަށް ދާނީ ތިންމަސް ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ ތިންމަސް ދުވަހުގެތެރޭ މި އޮފާގެ ތެރެއިން ކްރެޑިޓަށް މުދާ ގަނެގެން އަދި އެޖެންޓު ގޮތުގައި ވިޔަފާރި ކޮށްގެން ގުރުއަތުން ހޮވޭ ތިން ފަރާތުގެ ތެރެއިން އެއްވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް، ދެވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް އަދި ތިންވަނަ އިނާމަކަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ހަމަޖެހިގެންދާނެ ކަމަށެވެ.
މި ޕްރޮމޯޝަން ވެސް ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން އެކަންޏެވެ.