ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް އެކްސްޕޯ 2025ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ވަނީ ސޮއިކޮށްފައި -- ފޮޓޯ/ ދިރާގު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން މިއަދު ސޮއިކޮށްފިއެވެ.

މިއީ އިކޮނަމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ބާއްވާ އިވެންޓެކެވެ. މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ ހުނަރާއި ފަންނުވެރިކަން އަދި އުފެއްދުންތަކާއި ހިދުމަތްތައް ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.

މި މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހީންގެ އަތްތެރި މަސައްކަތްތަކާއި އެހެނިހެން ހުނަރުވެރި މަސައްކަތްތައް ފެނިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މާދަމާއިން ފެށިގެން މެއި 31ވަނަ ދުވަހުގެ ނިޔަލަށް މި މައުރަޒު ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ދިރާގުން ދަނީ އެކި ދާއިރާތަކުގައި ދިވެހިން ކުރިއަރުވައި، ދިވެހީންގެ ހުނަރުތައް ތަރައްގީ ކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެންމެ ކުރީ ސަފުގައި ބައިވެރިވެ އެއްބާރުލުންދެމުންނެވެ.

comment ކޮމެންޓް