ލޯންޗަކާއި ޓަގު ބޯޓެއްޖެހި، ލޯންޗު ކެޕްޓަނަށް އަނިޔާވެއްޖެ

މިއަދު ހަވީރު ޓަގު ބޯޓެއްގައި ޖެހި އެކްސިޑެންޓުވި ލޯންޗު: މި އެކްސިޑެންޓުގައި ލޯންޗުގެ ކައްޕިއަށް ވަނީ އަނިޔާވެފައި -- ފޮޓޯ/ މެރިން ޕޮލިސް

ލޯންޗަކާއި ޓަގު ބޯޓެއްޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

މެރިން ޕޮލިސްއިން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެކްސިޑެންޓު ހިނގާފައިވަނީ މިއަދުގެ 15:30 ހާއިރު މާލެއިން އދ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗަކާއި މާލޭގެ އެމްޕީއެލް ޖެޓީއަށް ވަންނަންދިޔަ ޓަގެއްޖެހި ކަމަށެވެ.

މިއަދު ހަވީރު ޓަގެއްގައި ޖެހި އެކްސިޑެންޓުވި ލޯންޗު: މި އެކްސިޑެންޓުގައި ލޯންޗުގެ ކައްޕިއަށް ވަނީ އަނިޔާވެފަ -- ފޮޓޯ/ މެރިން ޕޮލިސް

މި ހާދިސާގައި އަނިޔާވެފައި ވަނީ ލޯންޗުގެ ކެޕްޓަނަށެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު އޭނާ ވަނީ ދޫކޮށްލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާވެފައި ނުވާއިރު މެރިން ޕޮލިހުން މި މައްސަލަ ތަހުގީގު ކުރަމުން ދާކަަމަށް ވަނީ ބުނެފައެވެ.

މިފަދަ ހާދިސާތައް ރާއްޖޭގައި ދޭތެރެއަކުން ހިނގައެވެ.

comment ކޮމެންޓް