ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕާކެއް ކައިރީ ބިދޭސީއަކަށް ހަމަލާދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހި -- ފޮޓޯ/ ޕީއެސްއެމް، އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕާކު ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަކަމްކޮށްލާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ވެސް މާރާމާރީއެއް ހިނގައިފައި ވެއެވެ. މި މާރާމާރީގައި މީހެއްގެ ނޭފަތް ފަޅައިލައިފައި ވާކަމަށް ފުލުހުން ބުންޏެވެ.

އާބާދީ ބޮޑު ހުޅުމާލޭގައި މާރާމާރީތައް ހިންގައި، މީގެ ކުރިން ބައެއް މީހުންނަށް ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތައް ވެސް ދީފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް