އެޑްވަޓޯރިއަލް: ޗައިނާއިން މުދާ އެތެރެކުރަން ބޭނުންތަ؟ މިހާރު ވަރަށް ފަސޭހަ

ކާގޯ ބަޑީގެ މަސައްކަތްތައް: ކާގޯ ބަޑީގެ އޮފީހެއް، ބޮޑު ވެއާހައުސްއަކާއެކު ޗައިނާގެ ފޯޝަން ސިޓީގައި ހުރޭ -- ފޮޓޯ/ ކާގޯ ބަޑީ

ރާއްޖެއިން ބޭރުން މުދާ އެތެރެކޮށްދޭ ތަންތަން މިހާރު ވަރަށް ވެސް ގިނައެވެ. ޚާއްޞަކޮށް ޗައިނާއިން މުދާ އެތެރެކޮށްދޭ ފުރައިޓް ސާވިސްދޭ ކުންފުނިތައް ވަރަށް ގިނަކަން ފާހަގަކުރެވެއެވެ.

އޭގެތެރެއިންވެސް ތަފާތު އެއްތަނަކީ 'ކާގޯ ބަޑީ"އެވެ.

ކާގޯބަޑީ އިން މި ޚިދުމަތްދެނީ ސިސްޓަމެޓިކޮށް އޮންލައިން ޕޯޓަލެއްގެ ތެރެއިންނެވެ. ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ޚިދުމަތެއް ފޯރުކޮށްދީ، ކާގޯބަޑީއިން ވަނީ ކުރު މުއްދަތެއްގެ ތެރޭގަައި ކަސްޓަމަރުންގެ އިތުބާރު ހޯދާފައެވެ.

ކާގޯ ބަޑީގެ އޮފީހެއް، ބޮޑު ވެއާހައުސްއަކާއެކު ޗައިނާގެ ފޯޝަން ސިޓީގައި ހުންނައިރު، އެ ގައުމުގައި ހިންގާ އެކި ކަހަލަ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރިކޮށްގެން ގަންނަ ތަކެތި އަދި ޗައިނާގެ ހޯލްސޭލް ބާޒާރުތަކުން ގަންނަ މުދާ އެ ވެއާހައުސްއަށް ގެންދިއުމުން އެ ތަކެތި ރާއްޖެ ގެނެސްދިނުމުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ކާގޯބަޑީއިން ދަނީ ދެމުންނެވެ.

ކާގޯ ބަޑީގެ މަސައްކަތްތައް: ކާގޯ ބަޑީގެ އޮފީހެއް، ބޮޑު ވެއާހައުސްއަކާއެކު ޗައިނާގައި ހުރޭ -- ފޮޓޯ/ ކާގޯ ބަޑީ

އެ ކުންފުނީން ފޯރުކޮށްދޭ ޚާއްސަ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ކަސްޓަމަރުން ބޭނުންވާ ތަކެތި ޚިޔާރުކުރުމަށް ފަހު އެ ތަކެތީގެ ތަފުސީލް ފޮނުވުމުން ނުވަތަ ލިންކު ފޮނުވުމުން ނުވަތަ ފޮޓޯ ފޮނުވުމުން ވެސް، އެ ތަކެތި ޗައިނާއިން ރާއްޖެއަށް ގެނެސްދެއެވެ.

ޗައިނާއިން ރާއްޖެއަށް ތަކެތި ގެނައުމަށްފަހު ކަސްޓަމްސް ކްލިޔަރެންސް ހަދައި، ކަސްޓަމަރުގެ ގޭގެއަށާއި އަތޮޅުތެރޭގެ ރަށްތަކަށް ޑެލިވަރީކުރުމުގެ ޚިދުމަތް ކުންފުނިން ފޯރުކޮށްދެއެވެ.

'ސަން'އަށް މައުލޫމާތު ދެމުން 'ކާގޯ ބަޑީގެ" މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ވިދާޅުވީ އެ ކުންފުނިން ކޮންމެ 10 ދުވަހަކުން ޗައިނާއިން 40 ފޫޓްގެ ކޮންޓެއިނަރު ލޯޑްކުރާކަމަށެވެ. އަދި ގިނަ އަދަދެއްގެ ކަސްޓަމަރުން އެ ޚިދުމަތުގެ ބޭނުންކުރަމުން އަންނަކަން ފާހަގަކޮށް އޭނާ ވިދާޅުވީ ކޮންމެ މަހެއްގައި ވެސް މަދުވެގެން އެ ކުންފުނިން 40 ފޫޓުގެ ތިނެއް ނުވަތަ ހަތަރު ކޮންޓެއިނަރުގެ މުދާ އެ ކުންފުނިން ރާއްޖެ އެތެރެކުރާކަމަށެވެ.

ކާގޯ ބަޑީގެ މަސައްކަތްތައް: ކޮންމެ މަހެއްގައި ވެސް މަދުވެގެން 40 ފޫޓުގެ ތިނެއް ނުވަތަ ހަތަރު ކޮންޓެއިނަރުގެ މުދާ އެ ކުންފުނިން ރާއްޖެ އެތެރެކުރޭ -- ފޮޓޯ/ ކާގޯ ބަޑީ

ރަޝީދު ވިދާޅުވީ ވިޔަފާރި ބޭނުމަށާއި އަމިއްލަ ބޭނުންތަކަށް ކަސްޓަމަރުން ބޭނުންވާ، ރާއްޖެ އެތެރެކުރުން ހުއްދަ އޮންނަ ކޮންމެ މުދަލެއްވެސް 'ކާގޯ ބަޑީ' މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރެވޭނެކަމަށެވެ.

ކާގޯބަޑީގެ ޚިދުމަތް ހޯދުމަށްޓަކައި ކާގޯބަޑީ އޮންލައިން ޕޯޓަލްގައި ރަޖިސްޓްރީވުމުން ކަސްޓަމަރު ބޭނުންވާ ހުރިހާ މަޢުލޫމާތެއް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.

ކާގޯބަޑީގެ ފުރައިޓް ސާވިސްއާ ބެހޭ މައުލޫމާތު ހޯދުމަށް ގުޅާނެ ހޮޓްލައިން ނަންބަރަކީ 9417856 އެވެ. ކާގޯބަޑީގެ ޚިދުމަތް ހޯދުމަށް ރަޖިސްޓްރީވާން ޖެހޭ ޕޯޓަލްގެ އެޑްރެސް އަކީ https://www.bestbuddy.mv/ އެވެ.

comment ކޮމެންޓް