މުސީބާތްތަކުން ސަލާމަތް ވެވޭނީ އިމާންކަމާއި އިސްލާމްކަމުން: ޚުތުބާ

ބަޔަކު ނަމާދަށް މިސްކިތަށް އަރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުސީބާތްތަކުން ސަލާމަތްވެވޭނީ އިސްލާމްކަމާއި އީމާންކަމުން ކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ، 'ޢާޝޫރާ ދުވަހުގެ މާތްކަން' މި މައުޟޫގެ މައްޗަށެވެ.

ޚުތުބާގައި ވަނީ، އާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކުރުތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށާއި އެއީ ފިރުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތް ކުރައްވައި، ފިރުއައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަގުކުރެއްވި ދުވަސް ކަމަށެވެ.

އެގޮތުން، ޚުތުބާގައި ވަނީ އެ ދުވަސް ހަނދާންކޮށްދީފައެވެ. ބަނީ އިސްރާއީލު ބާގައި މީހުން ސިއްރިއްޔާތުގައި މިޞްރުން ނުކުތުމުން، ފިރުޢައުނު އޭނާގެ ލަޝްކަރީން އެއްކޮށް، مُوْسَىގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅީން ނައްތައިލުމަށް ޓަކައި ނުކުތް ކަމަށް ޚުތުބާގައިވެއެވެ.

ބަޔަކު މިސްކިތުގައި ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"مُوْسَىގެފާނުގެ ޤައުމުގެ މީހުންނަށް ފިރުޢައުނުގެ ބިޔަ ލަޝްކަރު ފެނުމުން އެބައިމީހުން مُوْسَىގެފާނަށް ދެންނެވިއެވެ. ﮋ ﭗ ﭘﮊ[1] މާނައީ: "ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ." އެހިނދު ވަރަށް އިތުބާރާއި ޔަޤީންކަމާ އެކު، مُوْسَىގެފާނު ވިދާޅުވިއެވެ. ﮋ ﭛﭜ ﭝ ﭞ ﭟ ﭠ ﮊ[2] މާނައީ: "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރި ރަސްކަލާނގެ ތިމަންނާއާ އެކު (نَصْرُދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ." ޚުތުބާގައިވެއެވެ.

ފިރުއައުނުގެ ލަޝްކަރު ބަނީ އިސްރާއިލު ބާގައިގެ މީހުންނާ ކައިރިވުމުން މާތް ﷲ މޫސާގެފާނަށް އެކަލޭފެގާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށް އަމުރުކުރެއްވި ކަމަށާއި އެ ހިނދު ކަނޑުގެ މެދުން މަގުތަކެއް އުފެދުނު ކަން ޚުތުބާގައި ކިޔައިދިނެވެ.

އެ މަގުތަކުން ބަނީ އިސްރާއިލު ބާގައިގެ މީހުން ކަނޑު ހުރަސްކޮށް ދިޔަ ކަމަށާއި އެ މަގުތަކުން ފިރުއަނުގެ ލަޝްކަރު ވަދެ ނިމުމުން ކަޑު ކުރިން އޮތް ގޮތަށް މާތްﷲ ބަދަލު ކުރެއްވިކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މިސްކިތެއްގައި ބަޔަކު މަޑުކޮށްލައިގެން -- -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން، އެފަދަ ހާދިސާތަކުން ގިނަ އިބުރަތްތަކާއި ދަރުސްތަކެއް ވާކަން ފާހަގަކޮށް ޚުތުބާގައި ވަނީ، އޭގެން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ ﷲގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީސްތަކުން، ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު ކަމަށެވެ.

ﷲގެ މަގަށް ރުޖޫއަވެގެން ނޫނީ ދެދުނިޔޭގެ ސަލާމަތްތެރިކަމެއް ނެތްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

"މި ފަދަ ޙާދިސާތަކުން އެނގެނީ، މުޞީބާތްތަކުން ސަލާމަތްވެވޭނީ، އީމާންކަމާއި އިސްލާމްކަމުންކަމެވެ. އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަމެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. "އެކަލާނގެއީ، ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން إِلَـٰهއަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން خَالِصކުރާ حَالُ، އެކަލާނގެއަށް دُعَاءކޮށް އަޅުކަންކުރާށެވެ."

އޭގެ އިތުރުން، މާތްﷲއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުދެއްވައި ނެތިކުރައްވާނެކަން ފިރުއަނު ކަނޑަށް ޣަރަގު ކުރެއްވި ހާދިސާއިން އެނގޭ ކަމަށް ޚުތުބުގައި ވަނީ ބުނެފައެވެ.

އެކަމުގައި އެ މީހުންނަށް ކާމިޔާބެއް ނުލިބޭނެ ކަމަށާއި ފަސާދައާ ދެކޮޅަށް ތެދުވަން ޖެހޭނެކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި، ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގެ އިއްޒަތާއި ޝަރަފާއި ޤަދަރު ދެއްވާނެ ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ، ޢާޝޫރާ ދުވަހު ރޯދަހިފުން ފިޔަވައި، އެ ދުވަހާއި އެރޭ ވަކި ދުޢާއެއްކުރުމާއި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައެއް ނެތްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރިކުރައްވައިފައިވާ މަހެއް ކަމަށާއި ރޯދަމަހަށްފަހު، ރޯދަހިފުން އެންމެ އިތުރުވެގެންވަނީ އެ މަހު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

comment ކޮމެންޓް