ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސްގެ ދެކަނބަލުން ސިންގަޕޫރުގައި އުޅޭ ދިވެހީންނާ ބައްދަލުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލުކުރުމުގައި ރައީސް ވަނީ، ދިވެހީންގެ ހާލު ބައްލަވައި، އެމީހުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ. ނަމަވެސް،މި ބައްދަލުކުރެއްވުމާ ގުޅޭ އިތުރު ތަފުސީލެއް ރައީސް އޮފީހުން ހިއްސާކޮށްފައެއް ނުވެއެވެ.

ރައީސް އޮފީހުން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރައީސް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމްގެ ދައުވަތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި މަތީފަންތީގެ ސަރުކާރުގެ ވަފުދެއް ބައިވެރިވެރިވަޑަގެންނެވިއެވެ.

މި ދަތުރުގެ ތެރެއިން މިއަދު ފިނޭންސް މިނިސްޓްރީން ވަނީ، އެގައުމާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިންގުން ހަރުދަނާކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

https://sun.mv/208036

ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މޯލްޑިވްސް ސިންގަޕޫރު ބިޒްނަސް ފޯރަމް 2025ގައި ކަމަށްވާއިރު، އެ ރަސްމިއްޔާތުގައި ރައީސް ވެސް ބައިވެރިވެވަޑައިގަތެވެ.

އިއްޔެ ދެ ގައުމުގެ ދެމެދުގައި ވަނީ، މަތީ ތައުލީމާއި ގާބިލްކަން އިތުރުކުރުމާއި ތިމާވެއްޓާ ގުޅުންހުރި ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އޭގެއިތުރުން، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެ މަނިކުފާނުގެ އަނބިކަނބަލުން މިސިސް ޖޭން އިޓޯގީ ޝަންމުގަރަނަމް އިއްޔެ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ޝަރަފުގައި، ފުރަމާނަ ޖާފަތެއް ދެއްވާފައެވެ.

https://sun.mv/208008

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ ގައުމުގެ ބޮޑުވަޒީރު ލޯރެންސް ވޮންގާއާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގެ ކުރިއަށް ދާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް