ލޯބިންގެ ޓްރެއިލަރު ކޮންމެހެން ވެސް ބަލާލަން ޖެހޭ

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ "އައިފިލްމްސް"ގެ ދަށުން ނެރޭ ފުރަތަމަ ލޯބީގެ ފިލްމު "ލޯބިން..؟"ގެ ފުރަތަމަ ފުރިހަމަ ޓްރެއިލަރު އާންމުކޮށްފިއެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ވެސް ވަރަށް ތަފާތު ފިލްމަކަށް ވާނެކަން އާންމުކޮށްފައިވާ ޓްރެއިލަރުން އެނގިގެއެވެ. ލޯބީގެ ފިލްމެއްގެ ގޮތުގައި ޕްރޮމޯޓުކުރި ނަމަވެސް އިޖުތިމާއީ މައްސަލައެއް މައްޗަށް އަލިއަޅުވާލާނެ ފިލްމަކަށް ލޯބިން ވާނެކަން ޓްރެއިލަރުން އެނގެއެވެ.

ޓްރެއިލަރުން އެނގޭ ގޮތުގައި ފިލްމުގެ ލީޑް ކެރެކްޓަރަކީ މީހެއްގެ ބާރުގެ ދަށުވެފައިވާ އަންހެނެއްކަން އެނގިގެން ދެއެވެ. މި ފިލްމަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމަކަށް ވާއިރު މި ފިލްމަކީ އަސަރުގަދަ ވާނެ ފިލްމެއްކަން ޓްރެއިލަރުން ވެސް އެނގެއެވެ.

އައިފިލްމްސްގެ ލޯބިން ފިލްމުގެ ކާސްޓުގައި ހިމެނެނީ ނުޒުހަތު ޝުއައިބާއި އިފްނާޒް ފިރާގުގެ އިތުރުން ތާތި އާދަމްއާއި އަހްމަދު ޝާކިރާއި އަހުމަދު ޝާރިފެވެ. މި ފިލްމުގައި ލީޑް ރޯލު ކުޅޭނީ ތާތިއެވެ.

އަލަށް ނެރޭ ފިލްމުގައި އިއްލެއާ އެކު މަސައްކަތްކުރާނީ އިފްނާޒެވެ. އިފްނާޒަކީ އިއްލެގެ ގިނަ މަސައްކަތްތަކުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން، އިއްލެގެ އެންމެ ފުރަތަމަ ފިލްމު "ބަވަތި"ގެ ލީޑު ރޯލުން ވެސް ފެނުނީ އިފްނާޒެވެ. އޭގެ އިތުރުން އިތުރު ޕްރޮޖެކްޓުތަކުގައި އިއްލެއާ އެކު އެސިސްޓަންޓު ޑައިރެކްޓަރެއްގެ ގޮތުގައި އިފްނާޒް ވަނީ މަސައްކަތް ކޮށްފައެވެ.

އިއްލެގެ ލޯބިންގެ މަސައްކަތް މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެއަށް ފަހު ފިލްމާ ގުޅޭ އާ މައުލޫމާތުތައް ދަނީ ހިއްސާ ކުރަމުންނެވެ.

comment ކޮމެންޓް