ޖޭއެސްސީގެ އާންމު މެންބަރުކަމަށް 8 ބޭފުޅުން ކުރިމަތިލައިފި

6 ފެބްރުއަރީ 2025 ގައި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި މަޖިލިސް ތަޅުމުގައި މެންބަރުން: ޖޭއެސްސީގެ އާންމު މެންބަރުކަމަށް 8 ބޭފުޅުން ކުރިމަތިލައިފި -- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންގެ ތެރެއިން އާންމު މެންބަރުކަމަށް އަށް ބޭފުޅުން ކުރިމަތިލައްވައިފިއެވެ.

މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އެ މަގާމަށް ކުރިމަތިލާން މަޖިލީހުގެ އިދާރާއިން ހުޅުވައިލީ އެ މަގާމުގައި މިހާރު ހުންނެވި ޑރ. އާމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާއްމު ފާތިމަތު ނިއުޝާ ވަނީ އެ މަގާމަށް އެދި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އިއްވައިފައެވެ. އެ އަށް ބޭފުޅުންނަކީ:

  • އަލްއުސްތާޛު އިބްރާހީމް ޒާހިދު، ލިލީމާގެ/ ގދ. ވާދޫ
  • އަލްއުސްތާޛު އަހުމަދު އަލީ، ހމ. ފްލެޓް ނަންބަރު 01-ޖީ-108
  • އަލީ އާމިރު، މއ. ޕެންޒީވިލާ
  • އިދްރީސް ފައުޒީ، ފަހިވާގެ/ ލ. ކަލައިދޫ
  • އަލްއުސްތާޛު އަހުމަދު ޝާފިއު، އުދަރެސް/ ހއ. އިހަވަންދޫ
  • ޑރ. ހުސައިން ފާއިޒް، ދަފްތަރު ނަންބަރު 1325
  • އަލްއުސްތާޛު ހަސަން ވަހީދު، ރަންކޮކާގެ/ ހދ. ކުރިނބީ
  • އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު ރސ 1851

ޖޭއެސްސީ މެންބަރުކަމަށް ބޭފުޅަކު އައްޔަނުކުރާނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓުންނެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަލާއިރު އާންމުން ކަނޑައަޅާ މެންބަރެއްގެ އިތުރުން، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެންބަރަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި، ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި، ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދައުލަތުގެ ބަންޑާރަ ނާއިބު ހިމެނެއެވެ.

comment ކޮމެންޓް