ދިވެހީންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކުރެވޭ ގޮތް ހަދައިފި

ދިވެހީންނަށް ވިސާއާ ނުލައި ޑޮމެނިކާއަށް ދަތުރުކުރެވޭ ގޮތް ހަދަން އެއްބަސްވުމުގައި ސޮއިކުރުން ---- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދިވެހީންނަށް ވިސާއާ ނުލައި، ޑޮމިނިކާއަށް ދަތުރުކުރުމަށް މަގުފަހިކުރުވާ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި އެގައުމުގެ ސަރުކާރުން އިއްޔެ ސޮއިކޮށްފިއެވެ.

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އ.ދ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބާޓް އެރޮންއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކޮށް، އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެ ކަމަށެވެ.

ހަމައެގޮތަށް، ޑޮމިނިކާ ރައްޔިތުނަށް ވެސް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެއެވެ.

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ، ރާއްޖެއިން އ.ދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އ.ދ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބާޓް އެރޮންއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސައުތު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖޭން ދިފާއުކޮށްފައި ވާއިރު މިހާރު ރާއްޖެއިން 94 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް