ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރަމުން ދަނިކޮށް، ވ. އަތޮޅު ކައިރިން އޯޝަން އެކްސްރްޕްރެސް ބޯޓު ވަރަށް ބޮޑަށް ދިޔަވެ އަޑިއަށް ދާން ފަށައިފިއެވެ.
އެ ބޯޓުގައި ހުރި މީހަކު މިރޭ 19:34 ހާއިރު "ސަން"އާ ވާހަކަދަމުން ބުނީ ވަރަށް ބޮޑަށް ބޯޓު ދިޔަވަމުން އަންނަ ކަމަށެވެ. ބޯޓުގައި ފަޅުވެރިންނާއެކު 12 ވަރަކަށް މީހުން ދަތުރުކުރަމުން އަންނަ ކަމަށެވެ.
ގިނަ އަދަދެއްގެ ލަކުނޑިއާއި އެ ނޫން ވެސް މުދާ އެބަހުރި ކަމަށާއި، ބޯޓުގެ ފަހަތު ކޮޅުގައި ހުރި ގިނަ އަދަދެއްގެ މުދާ ހުރީ ފެނު އަޑީގައި ކަމަށް ވެސް އޭނާ ބުންޏެވެ.
"ސަން"އަށް ލިބިފައިވާ ވީޑިއޯތަކުން ވެސް ފެންނަނީ ވަރަށް ބޮޑަށް ބޯޓު ތެރެއަށް ރާޅު އަރަމުން އަންނަ ތަނެވެ.
އޭނާ އިތުރަށް ބުނީ ކޯސްޓުގާޑަށް ގުޅި، ކޯސްޓުގާޑުން އެ މީހުން ސަލާމަތްކުރުމަށް ބޯޓު އޮތް ސަރަހައްދަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.