ކުއްޖަކު މަރުވި އެކްސިޑެންޓު: އަނިޔާވި 40 އަހަރުގެ މީހާގެ ސިކުނޑިއަށް ލޭ އެޅި ވެންޓިލޭޓަރުގައި

އެކްސިޑެންޓު ހިނގި ސަރަހައްދު: އެކްސިޑެންޓުގައި މަރުވި ކުއްޖާގެ އުމުރުން 17 އަހަރު -- ސަން ފޮޓޯ. މުހައްމަދު ނަދީމް

މާލޭގައި ރޭ، ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާގެ ސިކުނޑިއަށް ލޭ އެޅި އެ ނޫން ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން އެނގިއްޖެއެވެ.

ރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެތަނުގައި އޮންނަ ކަފިރި ހުރަސް މަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި، އަނެއް ފަރާތުން ދުއްވި ލޮރީއެއްގެ ޖެހުނެވެ.

ކަފިހި ހުރަސް މަތިން ދިޔައީ ކަސްރަތަށް ދުވަން އުޅުނު މީހެކެވެ. އޭނާ ދިޔައީ ވިއްސައިގެން ދުރަށެވެ. ސައިކަލުގައި ތިބި 16 އަހަރާއި، 17 އަހަރުގެ ދެކުދިން ލޮރީ ދަށުވީއެވެ. އެ ތިން މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންދިޔައެވެ.

އޭގެ ތެރެއިން 17 އަހަރުގެ ކުއްޖާ ރޭ ވަނީ މަރުވެފައެވެ. މަރުވީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދެވެ.

https://sun.mv/208555

މި ހާދިސާގައި އަނިޔާވި އަނެއް ދެ މީހުންގެ ހާލަތާ ގުޅޭ މައުލޫމާތު "ސަން"އާ ހިއްސާކުރަމުން އައިޖީއެމްއެޗުން ބުނީ، އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާގެ މޫނުގެ ކަށިތައް ފްރެކްޗާވެ، ސިކުނޑިއަށް ލޭ އެޅި ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ، އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ވޯޑުގައި އެޑްމިޓުކޮށްގެން ކަމަށެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލް ހިއްސާ ނުކުރެއެވެ.

https://sun.mv/208190

މިފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވެއެވެ. އޭގެ ތެރޭގައި ކަފިހި ހުރަސް މަތިން މީހުން ހިނގައިފައި ދަނިކޮށް، އުޅަނދުތަކުން ޖެހި އަނިޔާވާ މައްސަލަތައް ވެސް ގިނައެވެ.

comment ކޮމެންޓް