ރައީސް މުއިއްޒަށް، ޔޫނުސްގެ ފަރާތުން އަނބު ހަދިޔާކުރައްވައިފި

ރާއްޖެއަށް އަނބު ހަދިޔާކުރުން: މި އަނބު ރާއްޖެއަށް ހަވާލުކޮށްދެއްވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު އެމްޑީ ސުހައިލް ޕަރްވޭޒު ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ، ފޮރިން މިނިސްޓްރީގެ ޕްރޮޓޮކޯލް ވިންގުގެ ޖޮއިންޓް ސެކެޓްރީ ބަދޫރާ ސައީދު --

ބަންގްލަދޭޝްގެ 'މެންގޯ ޑިޕްލޮމެސީ'ގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވެސް ބަންގްލަދޭޝްގެ އަނބު، އެ ގައުމުގެ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސްގެ ފަރާތްޕުޅުން ހަދިޔާ ކުރައްވައިފިއެވެ.

ބަންގްލަދޭޝުން މިކަން ފާހަގަކުރަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައެވެ. އަނބު ހަދިޔާކުރީ މިއަދު ފޮރިން މިނިސްޓްރީގައި އޮތް ހަފްލާއެއްގައެވެ.

ބަންގްލަދޭޝްގެ ފަރާތުން މި އަނބު ރާއްޖެއަށް ހަވާލުކޮށްދެއްވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު އެމްޑީ ސުހައިލް ޕަރްވޭޒެވެެ. ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ، ފޮރިން މިނިސްޓްރީގެ ޕްރޮޓޮކޯލް ވިންގުގެ ޖޮއިންޓް ސެކެޓްރީ ބަދޫރާ ސައީދެވެ.

އަނބު ހަދިޔާކޮށްދެއްވި ކަމަށް ޓަަކައި ރައީސް މުއިއްޒުގެ ފަރާތްޕުޅުން، ސަރުކާރުން ވަނީ ހެޔޮ އެދުންތަކާއި ޝުކުރު އަދައިކުރައްވައިފައެވެ.

https://sun.mv/154499

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ވެސް ބަންގްލަދޭޝްގެ އެއިރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވަނީ އަނބު ހަދިޔާކުރައްވައިފައެވެ.

އެގޮތުން 2021ވަނަ އަހަރު ބައިޓަނުގެ އަނބު ރާއްޖެއަށް ހަދިޔާކުރެއްވިއެވެ. އަދި 2022ވަނަ އަހަރާއި 2023ވަނަ އަހަރު ވެސް އަނބު ހަދިޔާކުރެއްވިއެވެ.

ބަންގްލަދޭޝްއިން އަންނަނީ އެ ގައުމުގެ އަވައްޓެރި ގައުމުތަކުގެ ވެރިންނަށާއި، އެ ގައުމާ ބަދަހި ގުޅުން ބާއްވާ އެހެނިހެން ގައުމުތަކުގެ ވެރީންނަށް އަނބު ހަދިޔާކުރުމުގެ ސަގާފަތެއް ދަމަހައްޓަމުންނެެވެ.

"މެންގޯ ޑިޕްލޮމެސީ"ގެ ގޮތުގައި ފާހަގަވާ މި ކަމަކީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަމުގައި، ގައުމުތަކާއެކު އޮތް ގުޅުން ބަދަހިކުރުމަށް ކުރައްވަން ފެއްޓެވި ކަމެކެވެ.

comment ކޮމެންޓް