އިނިގރޭސިވިލާތުގައި ވޯޓުލެވޭ އުމުރު 16 އަހަރަށް ދަށްކުރަނީ

އިނގިޜޭސިވިލާތުގެ ވޯޓުލާ މަރުކަޒެއް. އެގައުމުގައި ވޯޓުލާ އުމުރު 16 އަހަރަށް ދަށްކުރަން ވަނީ ނިންމާފައި. ފޮޓީ/ގެޓީ

އިނގިރޭސިވިލާތުގައި ވޯޓުލެވޭ އުމުރު 16 އަހަރަށް ދަށްކުރަން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ ގައުމުން އެގޮތަށް ހުށަހެޅީ އިންތިޚާބާ ބެހޭ އާ ބިލެއްގެ ތެރެއިން ތައާރަފުކުރަމުން އަންނަނިކޮށެވެ.

ސްކޮޓްލޭންޑާއި ވޭލްސްގެ ލޯކަލް ކައުންސިލް އިންތިޚާބާއި، ސެނެޑް އަދި ސްކޮޓްލޭންޑްގެ ޕާލަމެންޓް އިންތިޚާބުގައި ވޯޓުލުމުގެ އެންމެ ދަށް އުމުރަކީ މިހާރު ވެސް 16 އަހަރެވެ. އެހެންނަމަވެސް، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހާއި، އެތެރޭގެ އިންތިޚާބުތަކާއި، އުތުރު އަޔަލޭންޑްގެ ހުރިހާ އިންތިޚާބުތަކުގައި ވޯޓު ލެވޭނީ އުމުރުން 18 އަހަރުވުމުންނެވެ.

އިނގިރޭސިވިލާތުގައި އާންމު އިންތިޚާބެއް ދެން އެންމެ އަވަހަށް އޮންނާނީ 2029 ގައެވެ.

މުޅި އިނގިރޭސިވިލާތުގައި ވޯޓުލުމުގެ އުމުރު 16 އަހަރަށް ދަށްކުރުމަކީ 1969 ވަނަ އަހަރު ވޯޓުލާ މީހުންގެ އުމުރު 21 އަހަރުން 18 އަހަރަށް ދަށްކުރި ފަހުން އެ ގައުމަށް އަންނާނެ އެންމެ ބޮޑު ބަދަލެވެ.

ގިނަ ޒުވާނުންގެ ތާއީދު ވާއަތު ފިޔައިގެ ޕާޓީތަކަށް އޮންނަ ކަމަށާއި އެހެންވެ ވޯޓުލާ އުމުރު ދަށްކުރުމަކީ ލޭބާ ޕާޓީއާ ފައިދާވާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އިނގިރޭސިވިލާތުގައި 16 އަހަރުން މަތީ މީހުންގެ ނިސްބަތަކީ އެންމެ ތިން އިންސައްތައެވެ. އެހެންވެ، ޖުމްލަ ވޯޓުގެ ހިއްސާ ވަރަށް ކުޑަ ވާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ވޯޓުލެވޭ އުމުރު 16 އަހަރަށް ދަށްކުރި ފުރަތަމަ ގައުމަކީ އޮސްޓްރޭލިއާއެވެ. އެ ގައުމުން މި ފިޔަވަޅަށް އަމަލުކުރަން ފެށީ 2008 ވަނަ އަހަރެވެ. އޭގެ ފަހުން މޯލްޓާ، ދެކުނު އެމެރިކާގައި ބްރެޒިލް، ނިކަރާގޫއާ، އިކުއެޑޯ އަދި އާޖެންޓީނާ ފަދަ ގައުމުތަކުގައި ވެސް އުމުރުން 16 އަހަރުވުމުން ވޯޓުލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް