އެސްޓީއޯ ހެލްތްކެއާ ސޮލިއުޝަންސްއިން، ހަންގަނޑު ރީތިކޮށް ބެލެހެއްޓުމަށް އެހީވެދޭ "ޑާމަވީން"ގެ އުފެއްދުންތައް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
އޮސްޓްރޭލިއާގެ އިތުބާރު ހިފޭ ބްރޭންޑެއްކަމުގައި ވާ "ޑާމަވީން"ގެ އުފެއްދުންތަކަކީ ސެންސިޓިވް ނުވަތަ ނާޒުކު ހަންގަނޑަށް ޚާއްސަ އުފެއްދުމެކެވެ. ގިނަ އަދަދެއްގެ ޑާމަޓޮލޮޖިސްޓުން މެދުވެރިކޮށް ޓެސްޓުކޮށްފައިވާ، މި ސްކިންކެއާ ބްރޭންޑުގެ އުފެއްދުންތަކުގައި ގުދުރަތީ މާއްދާއެއް ކަމަށްވާ އޯޓްމީލްގައި ހިމެނޭ ގިނަ މާއްދާތަކެއް ހިމެނެއެވެ.
މި ބްރޭންޑުގެ އުފެއްދުންތަކުން ހަންގަނޑު ހިކި، ކުރަކި ވުމުން ސަލާމަތް ކޮށްދީ، ހަންގަނޑު ވަރުގަދަ ކޮށްދެއެވެ.
އެސްޓީއޯއިން ވިއްކާ ޑާމަވީންގެ އުފެއްދުންތަކާއި މައިގަނޑު ބޭނުންތައް:
1. ޑެއިލީ ނަރިޝް ސޯޕް ފްރީ ފޭސް ވޮޝް
- މޫނުގައި އެކުލެވޭ ގުދުރަތީ މާއްދާތަކަށް ގެއްލުން ނުވާ ގޮތަށް ސާފުކޮށްދޭނެ
- ދުވަހުގެ ކޮންމެ ވަގުތަކުވެސް މޫނު ދޮންނަން ބޭނުންކޮއްލެވޭ
- ހަންގަނޑުގެ ޕީއެޗް ބެލެންސް ހުންނަން ޖެހޭ މިންވަރުގައި ހިފަހައްޓައި، ހަމުގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ
- ނާޒުކު ހަންގަނޑަށް ޚާއްސަ
- ވަހެއް ނެތުމުން އެލާޖިކްވާ ފަދަ މާއްދާތައް ނުހިމެނޭ، ދިގު މުއްދަތަކަށް ހަމުގެ 'މޮއިސްޗާ' ދެމެހެއްޓުމަށް އެހީތެރިވެދޭނެ

ޑާމަވީންގެ ހުރިހާ އުފެއްދުންތަކަކީވެސް ސީދާ އޮސްޓްރޭލިއާގެ އުފެއްދުންތަކެއް --
2. ޑެއިލީ ނަރިޝިން މޮއިސްޗަރައިޒިންގް ކްރީމް
- މޫނާއި ކަރާއި އަތަށް ޚާއްސަކޮށް ގިނަ ވަގުތު ހަންގަނޑު ނުހިކި ހުންނަ ގޮތަށް 'މޮއިސްޗާ' ދަމަހައްޓައިދޭ
- ހަންގަނޑަށް ފަސޭހަ އަރާމު ގޮތެއް ހުރޭ
- ހަންގަނޑުގެ މޮއިސްޓާ 20 ޕަސެންޓާ ހަމައަށް ދެމެހެއްޓުމަށް ޚާއްޞަ ފޯމިއުލާއެއް އެކުލެވޭ
3. ޑެއިލީ ނަރިޝިން މޮއިސްޗަރައިޒިން ކްރީމް
- ލުއިފަސޭހަކަމާއެކު އުނގުޅާލެވޭ، އަވަހަށް ހަމުގެ މަތީ ފަށަލަތަކަށް ފޭދިގެންދާ ޓެކްސްޗާއެއް
- ހަންގަނޑު އޮމާންކޮށްދީ ދިގު މުއްދަތަކަށް ހަމުގެ މޮއިސްޗާ ދެމެހެއްޓުމަށް އެހީތެރިވެދިނުން
- ކޮންމެ ދުވަހެއްގެ ކޮންމެ ގަޑިއެއްގައިވެސް ބޭނުން ކޮށްލެވޭ
- ހިމެނޭ އޯޓޯއެކްޓިވް ޕްލަސް ފޯމިއުލާގެ ސަބަބުން ހަންގަނޑު ކެހުމާއި ހަލާކުވުން ފަދަ މައްސަލަތައް ކުޑަކޮށް، ހަމުގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށްދޭ
4. ޑެއިލީ ނަރިޝް އޯޓްމީލް ޝޭމްޕޫ
- ދަލާއި ހޫނުގެ ސަބަބުން އިސްތަށިގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދިނުން
- އިސްތަށިގަނޑުގެ މަޑުކަމާއި އޮފުކަން ދެމެހެއްޓުމަށް އެހީތެރިވުން
- ގުދުރަތީ މާއްދާތަކުގެ ގޮތުގައި އޯޓްމީލްގައި ހިމެނޭ ބާވަތްތައް ބޭނުންކޮށްގެން ބޮލުގެ ހަންގަނޑާއި އިސްތަށިގަނޑުގެ ބުޑުތައް ހަރުދަނާކޮށް ވަރުގަދަކުރުން
- ބޮލުގެ ހަންފޮޅުން ފަދަ މައްސަލަތައް މަދުކޮށް، ހަމުގެ ދުޅަހެޔޮކަން އިތުރުކުރުން

މި ބްރޭންޑުގެ އުފެއްދުންތަކުން ހަންގަނޑު ހިކި، ކުރަކި ވުމުން ސަލާމަތް ކޮށްދޭނެ --
ޑާމަވީންގެ ހުރިހާ އުފެއްދުންތަކަކީވެސް ސީދާ އޮސްޓްރޭލިއާގެ އުފެއްދުންތަކެކެވެ. މި ބްރޭންޑްގެ ހުރިހާ ޕްރޮޑަކްޓްތަކަކީ ވެސް ޕެރަބެންއާއި ލެނޮލިން ފަދަ، އާއްމުކޮށް ރީތިވާން ގެންގުޅޭ ސާމާނުގައި އެކުލެވޭ ކެމިކްލަތައް ނުހިމެނޭ، އާޓިފިޝަލް ކުލައާއި ވަސް ނުހިމެނޭ ޕްރޮޑަކްޓްތަކެކެވެ. މި އުފެއްދުންތަކަކީ ދިވެހިރާއްޖޭގެ މޫސުމާގުޅޭ، އަތްވާ ވެސް ގުޅޭ އުފެއްދުންތަކެކެވެ.
އެސްޓީއޯއިން ޑާމަވީންގެ އުފެއްދުންތައް ތައާރަފު ކުރަނީ، އެސްޓީއޯ ހެލްތު ކެއާ ސޮލިއުޝަންސްއިން އާންމުންނަށް މޮޅު ކޮލެޓީގެ، މަޝްހޫރު ބްރޭންޑްތަކުގެ، އެންމެންނާވެސް ގުޅޭ އަދި ރައްކާތެރި އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދެމިއޮތުމުގެ ޔަގީންކަން ދެމުންނެވެ.
ޑާމަވީންގެ ޕްރޮޑަކްޓްތައް ފަސޭހަކޮށް އާންމުންނަށް ލިބޭނެ ގޮތަށް އެސްޓީއޯގެ ތިން ފާމަސީއަކުން ލިބެން ހުންނާނެއެވެ. އެއީ، އެސްޓީއޯގެ ހެންވޭރު ފާމަސީ، މާފަންނު ފާމަސީ އަދި ހުޅުމާލެ ފާމަސީއެވެ.