ދިވެހި ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން "މިނިވަންއުފާ ސޭލް"ގެ ނަމުގައި ވަރަށް ޚާއްސަ ޕޮރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ މިނިވަން ދުވަހާ ދިމާކޮށް ފެށި މި ޕްރޮމޯޝަންގެ މަގުސަދަކީ އާމުންނާ އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ވިއްކާ ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން "މިނިވަންއުފާ ސޭލް" ކުރިއަށްދާނީ މިއަދުން ފެށިގެން އޮގަސްޓް ދޭއްގެ ނިޔަލަށެވެ.
އެ މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކު ވެސް ގުރުއަތެއް ނަގާނެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް ވަރަށް ޚާއްސަ އިނާމެއް އެސްޓީއޯއިން ދޭނެއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސުން އެކިއެކި މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ތަފާތު ގިނަ ޕޮރޮމޯޝަންތައް އަންނަނީ ހިންގަމުންނެވެ.