ޕެންޝަން އޮފީހުން ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޭ ޖަމިއްޔާތައް އިއުލާންކޮށްފި

ޕެންޝަން އޮފީހުގެ ސީއެސްއާރް ގްރާންޓް ޕްރޮގްރާމުގެ ދަށުން މިއަހަރު ގްރާންޓް ލިބުނު ޖަމިއްޔާތައް -- ފޮޓޯ/ ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ސީއެސްއާރް ގްރާންޓް ޕްރޮގްރާމުގެ ދަށުން މި އަހަރު ގްރާންޓް ލިބޭ ފަރާތްތައް އިއުލާންކޮށްފިއެވެ.

ޕެންޝަން އޮފީހުން ބުނީ މި ޕްރޮގްރާމަކީ ވިލުންވެރި އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން އިޖުތިމާއީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަދަ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ތައާރަފުކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ.

އެ ޕްރޮގްރާމުގެ ދަށުން އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކާއި، ތައުލީމާއި ތަމްރީނުދޭ ފަރާތްތަކުން އިޖުތިމާއި ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކާއި، ފައިނޭންޝަލް ލިޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކަށް 200،000 ރުފިޔާއާ ހަަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މި އަހަރު ގްރާންޓް ޕްރޮގްރާމުގެ ދަށުން ޖުމްލަ ހަތަރު ޖަމިއްޔާއަކާ ވަނީ ގްރާންޓް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ:

● މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަން - ގައިޑިން ޖެނެރޭޝަންސް

● ދަ އީކޯ އޯގަނައިޒޭޝަން - ޕްރޮޖެކްޓް ހޭވަން

● ޑައިބެޓީޒް ސޮސައިޓީ އޮފް ދަ މޯލްޑިވްސް - ޑައިބެޓީޒް އެޑިއުކޭޓާ ކޯސް 2

● މާއްޓޭ ސްޕޯޓްސް - ބިލްޑިންގް ރެޒިލިއެންޓް އެންޑް އިންކްލޫސިވް ކޮމިއުނިޓީސް

ސީއެސްއާރު ގްރާންޓް ޕްރޮގްރާމަކީ ޕެންޝަން އޮފީހުގެ ފަރާތުން މުޖުތަމައުގެ ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ޕެންޝަން އޮފީހުގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް