މޯލްޑިވްސް އިސްލާމިކް ބޭންކަށް މުސާރަ ޖަމާކުރައްވާ ފަރާތްތަކަށް ޚާއްސަ 'ބެނެފިޓް'ތަކާއި ތަފާތު އެކިއެކި ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާ އެމްއައިބީ9 ކްލަބް މުޅިން އާ ބަދަލުތަކަކާއެކު އިފުތިތާހުކޮށްފިއެވެ.
އެމްއައިބީ9 ކްލަބްގެ ބަދަލުތައް ތައާރަފުކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް ބޭންކުގެ ޗީފް ރީޓެއިލް ބޭންކިންގް އޮފިސަރު ވިދާޅުވީ މިއީ ހަމައެނި 'ރިވާޑް ޕްރޮގްރާމެއް' ނޫންކަމަށާއި، މިއީ ދިރިއުޅުމުގެ އެކި ކަންކަން ތަފާތު ގޮތަކަށް ތަޖުރިބާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. މި ކްލަބްގެ މެމްބަރުންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:
- ދިވެހި ރުފިޔާ ކާޑުން އޮންލައިން ވިޔަފާރި ކުރުމަށާއި މަހުންމަހަށް ސަބްސްކްރިޕްޝަންތަކަށް ޑޮލަރުން ފައިސާ ދެއްކުން ފަދަ އޮންލައިން ޓްރާންސެކްޝަންތަކަށް ބޭނުންކުރުމަށް މަހަކު 250 ޑޮލަރުގެ ލިމިޓެއް
- އުޖާލާ ދިރިއުޅުން މެދުވެރިކޮށް ކުޑަ އަގެއްގައި ފައިނޭންސްކޮށްގެން ކުޑަ އިންސްޓޯލްމަންޓް އަދަދަކާއެކު އިތުރު ލިމިޓް
- ކޮންސިއާޖް ގުރޫޕް މެދުވެރިކޮށް ބަޓިކް އެއާގެ ފްލައިޓްތަކުން މިހާރުގެ ހޮޓް ޑެސްޓިނޭޝަންތަކަށް އަގުހެޔޮކޮށް ދަތުރުކޮށްލުމަށް ޓިކެޓްތަކުން 12 ޕަސެންޓާ ހަމައަށް ޑިސްކައުންޓު
- ޖިމް މެމްބާޝިޕް ފީތަކުން އެކްސްކްލޫސިވް ސޭވިންސް ހޯދުމަށް ޓީއެފްޖީ އާއި ޖިމްނޭސިއާ އިން 30 ޕަސެންޓާ ހަމައަށް ޖެނެރަލް މެމްބާޝިޕުން ޑިސްކައުންޓު
- ފްލޭޝް ޑީލްސްގެ ނަމުގައި އަޅުގަނޑުމެންގެ ޕާޓްނާރު ފިހާރަ، ރެސްޓޯރެންޓް އަދި ގެސްޓުހައުސްތަކުން ކްލަބު މެމްބަރުންނަށް ޚާއްސަ އެކި ޑިސްކައުންޓުތައް
މި ހުރިހާ ފައިދާތަކެއްވެސް މުސާރަ ޖަމާކުރާ ފުރަތަމަ މަހުން ފެށިގެން ލިބޭނެ ކަމަށް އެމްއެއަބީން ވަނީ ބުނެފައެވެ. އިސްލާމިކް ބޭންކްގެ އެކައުންޓަށް މުސާރަ ޖަމާކުރުމާއެކު އެ ކްލަބްގެ މެމްބަޝިޕް ލިބޭނެއެވެ.

އެމްއައިބީ9 ކްލަބުގެ ބަދަލުތަކާ ގުޅޭ އޮންލައިން އިވެންޓް ނިންމާލައިފައިވަނީ މި ކްލަބްގެ ހުރިހާ މެމްބަރުންނާއި ކްލަބަށް އަލަށް ގުޅޭ ފަރާތްތަކަށް ވަރަށް އުފާވެރި ޚަބަރުތަކެއް ދީފައި ކަމަށް އެމްއައިބީން ބުންޏެވެ. އެގޮތުން ކުރިއަށް އޮތް ތިން މަހު ކްލަބާ ގުޅޭ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ހަތަރު ފަރާތަކަށް ލިބޭނެ އަގުހުރި އިނާމުތަކެއް އިއުލާންކުރި ކަމަށް ބެންކުން ބުންޏެވެ. އެއީ:
1. ނަސީބުވެރި އެއްފަރާތަކަށް 2 ބޭފުޅުންގެ ދެކޮޅު ޓިކެޓް (ބަޓިކް އެއާގެ އެންމެ މަގުބޫލް ހަ ގައުމަކުން އެއް ގައުމަކަށް)
2. ނަސީބުވެރި އެއްފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމް
3. ނަސީބުވެރި އެއްފަރާތަކަށް ބޭންކުގެ ޕާޓްނާ ޖިމަކުން އެއް އަހަރު ދުވަހުގެ ހިލޭ މެމްބާޝިޕް
4. ގުރުއަތުން ހޮވޭ އެއްފަރާތަކަށް އެޕަލް މެކްބުކް އެއާއެއް
އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 15ގެ ނިޔަލަށެވެ. އެ އޮފާތަކުގެ އިތުރު ތަފުސީލް އިސްލާމިކް ބޭންކްގެ ވެބްސައިޓް https://www.mib.com.mv އިން ލިބޭނެއެވެ.