މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް ފަށައިފި

މިނިވަން ދުވަހުގެ ހަރަކާތްތައް ފެށުން ---- ސަން ފޮޓޯ/ މުޙައްމަދު މާނިއު

މިއަދު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހެވިކަމާއި ކުޅިވަރުތައް ފަށައިފިއެވެ.

މިއަދު ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި ފެށި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގަތެވެ. އަދި، ސަރުކާރުގެ އިސްވެރިން މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަރަކާތް ފަށައިފައިވަނީ މިއަދަށް ޚާއްސަކޮށް ކުރިއަށް ގެންދާ ޕެރޭޑުންނެވެ. މިއީ ދިވެހި ސިފައިންނާއި ކެޑޭޓުން ހުށަހަޅާ ޕެރޭޑެކެވެ.

ޕެރޭޑަށް ފަހު ވަނީ މާލޭގެ ބައެއް ސްކޫލުތަކުން އައިޓައިމްތައް ހުށަހަޅާފައެވެ. އަދި މ. މުލަކާއި ހއ. ކެލާގެ ސަގާފީ އައިޓަމްތަކެއް ވެސް ހުށަހެޅިއެވެ.

މިނިވަން ދުވަހުގެ ހަރަކާތުގެ ތެރެއިން އެމްއެންޑީއެފް ބޭންޑު ---- ސަން ފޮޓޯ/ މުހައްމަދު މާނިއު

މާލޭގައި އޮންނަ ޕެރޭޑު ހުއްޓާނެ ސަރަހައްދުތައް:

  • ވެލާނާގެ ކަންމަތިން ފަށައިގެން ދިވެހިބަހުގެ އެކެޑަމީގެ ކުރިމަތި
  • މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން ސަރަހައްދު
  • މާފަންނު މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި
  • މާފަންނު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތި

މި ޕެރޭޑު މާދާމާ ހުޅުމާލޭގައި ވެސް އޮންނައިރު، މި ހަރަކާތް ފަށާނީ 16:15ގައެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ޕެރޭޑުގެ ހަރަކާތް ފެށުން ---- ސަން ފޮޓޯ/ މުހައްމަދު މާނިއު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުން ފާހަގަކުރުމަށް މިރޭ މާލެ ވަށައިގެން 19 ސަރަހައްދެއްގައި ހަ މިނިޓު ވަންދެން ހަވާ އެރުވުމަށް އެމްއެންޑީއެފުން ވަނީ ނިންމާފައެވެ.

ހަމައެއާއެކު މާދަމާ ރޭ މާލޭގައި އަދި ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގައި ފުޅަނދު ބުރު ބޭއްވުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް