އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޕްރޮޑިއުސަރު ޝޯން ލަވް ކޯމްބްސް ނުވަތަ ސްޓޭޖް ނަމުން ނަމަ "ޑިޑީ" އާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވައި ނުނިމެނީސް އޭނާ ދޫކޮށްލި ކަމުގެ އަޑުތައް އަރަން ފަށައިފިއެވެ.
އިންސާނީ ވަގުފާރިއާއި ރޭޕް އަދި އެ ނޫން ވެސް ސީރިއަސް އެކި ކަހަލަ ތުހުމަތުތަކެއްގެ ވާހަކަ ޑިޑީއާ ދެކޮޅަށް ދެކެވެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެއަށް ފަހު އެ މައްސަލަތައް ތަހުގީގުކުރުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ފަހުކޮޅެވެ.
ކޯޓުން ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ސާބިތުވަނީ އެންމެ ދެ މައްސަލައެއް ކަމަށެވެ. އެއީ ބަޔަކު ހަށިވިއްކަން މަސައްކަތް ކުރުމުގެ މައްސަލައެވެ. ނަމަވެސް އެންމެ ސީރިއަސް މައްސަލަތައް ކަމަށްވާ ޓްރެފިކް ކުރުމާއި ގަދަކަމުން މީހުންނަށް ބިރުދައްކައިގެން ޖިންސީ ގުޅުން ހިންގުވަން އުޅޭ މައްސަލަތައް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ އަންގާފައެވެ.
މިކަމާ ގުޅިގެން އޭނާގެ މައްޗަށް ހުކުމް އިއްވުމަށް ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހަށެވެ. އެހެންނަމަވެސް އޭގެ ކުރީންވެސް ފަހަރުގައި ހުކުން އިއްވުން އެކަށީގެންވާ ކަމަށް ކޯޓުން އިޝާރާތް ކޮށްފައިވެއެވެ.
މިހެން ބުނެފައި އޮއްވައި ދާދިފަހުން ޑިޑީ ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއަށް އަޕްޑޭޓެއް ލައިފިއެވެ. އެކްސް އިން ކުރި ޕޯސްޓެއްގައި އޭނާ ބޭނުންކޮށްފަިއވަނީ ދެލޯ އެއް ފަރާތުން ބަލާކަން އިޝާރާތްކުރާ އިމޯޖީއެކެވެ.
އެތައް ބަޔަކު ބުނާގޮތުގައި އޭނާ މިހާރު ވަނީ މިނިވަން ވެފައެވެ. އަދި މި ޕޯސްޓަކީ އެކަން އޭނާ ދުނިޔެއަށް ހާމަކުރުމަށް ދޫކޮށްލި ޕޯސްޓެކެވެ. މިއީ އޭނާ ސޯޝަލް މީޑިއާގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރި ފުރަތަމަ ޕޯސްޓެވެ.