ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) ގައި ދެ އަންހެނުން އަރައިރުންވެ، މާރާމާރީއެއް ހިންގައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑީއޯއަކުން ފެންނަނީ ދެ އަންހެނެއްގެ މެދުގައި އެކަކު އަނެކެއްގެ ގައިގައި އަތްލައި އަރައިރުންވާ ތަނެވެ.
އެ މީހުން ދުރުކުރަން ވެސް އިތުރު ބަޔަކާއި އެއާޕޯޓު މުވައްޒަފުން އުޅެއެވެ.
މި ކަމާ ގުޅިގެން މިރޭ ފުލުހުން މިޑިއާތަކަށް ބުނީ ވިދާޅުވީއެއާޕޯޓްގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުމާ ގުޅިގެން އެއާޕޯޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
މި ހާދިސާގައި މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.