ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބަށް އީސީން 260އަށް ވުރެ ގިނަ މުވައްޒަފުން ހޯދަނީ

އިންތިޚާބެއްގައި މަސައްކަތް ކުރި އީސީގެ އޮފިޝަލެއް: ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބަށް އީސީން 260އަށް ވުރެ ގިނަ މުވައްޒަފުން ހޯދަނީ -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

އަންނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސައްކަތަށް 260އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން, އިލެކްޝަން ކޮމިޝަން (އީސީ)އިން އިއްޔެ އިއުލާނުކޮށްފިއެވެ.

އީސީން ބުނީ، ވީހާވެސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމަށް ވޯކް އިން އިންޓަވިއުތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

އެ ގޮތުން، މި އިންޓަވިއުތައް އޮންނާނީ މިމަހުގެ 29, 30, ވާ އަންނަ ހަފުތާ ބަންދުގައެވެ. ހުކުރު ދުވަހު ކަލާފާނު ސްކޫލްގައި އިންޓަވިއު އޮންނާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

އަންނަ ހަފުތާގެ ހޮނިހިރު ދުވަހު އެ އިންޓަވިއުތައް ކުރިއަށްދާނީ ހުޅުމާލޭ ކާމިލް ދީދީ ޕްރީސުކުލޫގައި ހަވީރު 04:00 އިން ރޭގަނޑު 10:00އަށެވެ.

އީސީން ބުނީ، އެ އިންޓަވިއުތަކަށް ފަހުގައި، މުވައްޒަފުން ހަމަނުވާނަމަ، ބޭނުންވާ އަދަދަށް މުވައްޒަފުން ހަމަވަންދެން މަގާމަށް ކުރިމަތިލާ މީހުން އިވެލުއޭޓުކޮށް ނަގާނެ ކަމަށެވެ.

އެކަން ކުރަނީ އަންނަ މަހު އެކަކުން ފެށިގެން ކޮންމެ 15 ދުވަހަކުން ކަމަށްވާއިރު، ވަޒީފާތަކުގެ އިންޓަވިއުއާއި އިމްތިހާނު ކުރިއަށްދާނީ އަންނަ މަހު އެކަކުން ފެށިގެން މާރިޗުގެ 15ގެ ނިޔަލަށް ކަމަށް އީސީން ބުނެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ކޮންމެ އިންތިޚާބަކާ ދިމާކޮށް ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް އީސީން ކުރެއެވެ.

comment ކޮމެންޓް