ފަޅަށް އޮތް ސިޓީ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް، ދެވަނަ ފިޔަވަހީގެ ބިމަކަށް

ފަޅަށް އޮތް ސިޓީ ހޮޓާ: އެ ތަން ފޭސް 2ގެ ބިމަކަށް ބަދަލުކުރަން އެސްޓީއޯއާއި އެޗްޑީސީއާ ދެމެދު ވަނީ ސޮއިކޮށްފައި -- ސަން ފޮޓޯ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފަޅަށް ދޫކޮށްލާފައި އޮތް އެސްޓީއޯގެ ސިޓީ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް، ދެވަނަ ފިޔަވަހީގެ ބިމަކަށް ބަދަލުކުރުމަށް އެއްބަސްވެއްޖެއެވެ.

އެސްޓީއޯއިން ބުނީ، އެ ކުންފުނިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ހޮޓާ، އެޗްޑީސީއާއެކު 20 މިލިއަން ޑޮލަރަށް އަގުކޮށް އެއްބަސްވުމެއް ހެދުމަށްފަހު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމަކަށް ބަދަލުކުރަން ސޮއިކުރީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

މި މުއާމަލާތާ ގުޅިގެން އެ ކުންފުނީގެ ހިސާބުތަކަށް އައި ބަދަލުތަކުގެ ތަފުސީލު މި އަހަރުގެ މާލީ ބަޔާންތަކުގައި ހިމަނާނެ ކަމަށް، އެސްޓީއޯއިން ބުންޏެވެ.

ސިޓީ ހޮޓާ ހުރި ތަނުގައި، މީޑިއާ ވިލެޖު ހިމެނޭހެން އިތުުރު ބައެއް ކޮލެޖުތައް ވެސް ގާއިމްކޮށް ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރަން ދުބާއީގެ ކުންފުންޏެއްގެ ދަށުން ރާއްޖޭގައި ހިންގާ ފޮރިން އިންވެސްޓުމަންޓު ކުންފުންޏަކަށް މިދިޔަ އޮގަސްޓު މަހު ވަނީ ހަވާލުކޮށްފައެވެ.

https://sun.mv/210210

ޖުމްލަ 250 ކޮޓަރިއާއެކު ފަސް ތަރީގެ ފެންވަރަށް ހޮޓަލެއް އެޅުމުގެ މަސައްކަތް އެސްޓީއޯއިން ފެށީ 2011 ވަނަ އަހަރެވެ. އެ ހޮޓެލް އިމާރާތުގެ އޮނިގަނޑުގެ ބޮޑުބައި ނިމިފައި އޮތް ނަމަވެސް އިތުރު މަސައްކަތެއް ނުކޮށް ހޮޓަލުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ އަށް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އެ ސިޓީ ހޮޓާ ގަންނާނެ ކުންފުންޏެއް ހޯދުމަށް މީގެ ކުރިން އެޗްޑީސީން އިއުލާންކޮށްފައިވެސްވެއެވެ.

comment ކޮމެންޓް