ބީއެމްއެލްއިން މިދިޔަ އަށް މަހު، ވިޔަފާރިތަކުން ޓީޓީ ހެދުމަށް 73 މިލިއަން ޑޮލަރު ވިއްކައިފި

މީހަކު ޑޮލަރެއް ހިފައިގެން: ބީއެމްއެލްއިން މިދިޔަ އަށް މަހު، ވިޔަފާރިތަކުން ޓީޓީ ހެދުމަށް 73 މިލިއަން ޑޮލަރު ވިއްކައިފި --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިދިޔަ އަށް މަހު، ވިޔަފާރިތަކުން އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ހެދުމަށް 73 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބެންކުން މިއަދު ބުނެފިއެވެ.

އެ ބެންކުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރު ޓީޓީ ހެދުމަށް ވިޔަފާރިތަކަށް އެ ބެންކުން ވިއްކީ 69 މިލިއަން ޑޮލަރެވެ. ނަމަވެސް، މި އަހަރު، މިދިޔަ އަށް މަހުގެ ތެރޭގައި އެކަނިވެސް 73 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ހަމައެހެންމެ، ޓީޓީއަށް ހުށަހަޅާ އަދަދުގެ 30 ޕަސެންޓާއި 50 ޕަސެންޓާ ހަމައަށް މިއަހަރު އިތުރުކޮށްދީފައިވާކަން އެބެންކުން ފާހަގަކުރިއެވެ.

https://sun.mv/207984

މިދިޔަ ޖޫން މަހުގެ 30ގައި ބީއެމްއެލުން ވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުރާ ޓީޓީ މުއާމަލާތްތަކަށް ބޭންކް ރޭޓުގައި ޑޮލަރު ދޭ މިންވަރު 30 ޕަސެންޓާ ހަމައަށް ބޮޑުކޮށްފައެވެ.

ރާއްޖެއިން ބޭރުގައި އެކި ސަބަބުތަކަށް ޓަކައި ދިރިއުޅޭ ދިވެހީންނަށް ޑޮލަރު ފޮނުވުމަށާއި ބޭރުން ވިޔަފާރި ކުރުމަށް ގިނަ އަދަދެއްގެ ދިވެހީން ޓީޓީ ޚިދުމަތް ބޭނުންކުރެއެވެ. އެ ޚިދުމަތް އަވަސްކުރުމަށް ޓަކައި ޓީޓީ ޕްރޮސެސް ކުރާ ވަގުތު ބީއެމްއެލްއިން ވަނީ 2023ގައި އިތުރުކޮށްފައެވެ.

އެ ބަދަލުގެ ދަށުން، ކޮންމެ ދުވަހެއްގެ 14:00ގެ ކުރިން ހުށަހަޅާ ޓީޓީ އެޕްލިކޭޝަންތައް އެ ދުވަހަކު ޕްރޮސެސްކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެފަައިވެއެވެ.

comment ކޮމެންޓް