ގަލޮޅު ސިޓީ ޕާކު އަންނަ މަހަށް ނިންމަނީ

ގަލޮޅު ސިޓީ ޕާކު

ގަލޮޅު ސިޓީ ޕާކު އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

ޕާކު މީގެ ކުރިން ތަރައްގީކުރި ނަމަވެސް، ފަހުން އަޅާނުލެވި ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. ސިޓީ ކައުންސިލުން ބުނީ، މި ޕާކު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަސްވަރާޔާ އެކުގައި ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ، ގަލޮޅު ސިޓީ ޕާކުގެ މަސައްކަތުގެ 65 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އަދި އައުޓްޑޯ ޖިމެއް ވެސް ތަރައްޤީ ކުރާނެއެވެ. މީގެ އިތުރުން، މި ޕާކުގައި އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ގަލޮޅު ސިޓީ ފާކު ތަރައްޤީކުރުމުގެ މަސައްކަތަކީ، މާލެ ސިޓީއަކީ އަމާން ހިތްފަސޭހަ ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދެމަށް ކުރައްވަމުންގެންދާ ގިނަ ގުނަ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރާ މަސައްކަތެކެވެ.

https://sun.mv/208418

އެކަން ކުރަނީ ގަލޮޅު ސަހަރާއިން ބައެއް ހުސްކޮށްގެންނެވެ. އެހެންވެ، ފާޑުކިޔުން އަމާޒުވިއެވެ. އެކަމަކު، ކައުންސިލުން ވަނީ އެއީ އަލަށްކުރާ ކަމެއް ނޫން ކަމަށް ބުނެފައެވެ.

އަދި، މާފަންނު ސަހަރާ ވެސް ހުސްކުރި ފަހުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ އެއީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ފަތުވާއެއް ނެރެފައެވެ.

comment ކޮމެންޓް