ފަލަސްތީނު ކޯލާގެ އައު ސްޓޮކެއް ގެނެސްފި، މިހާރު އެމްއެޗްއާރް ފިހާރަތަކުން ލިބެން ހުންނާނެ

ފަލަސްތީނު ކޯލާ: އެމްއެޗްއާރްއިން ފަލަސްތީނު ކޯލާގެ އައު ސްޓޮކެއް ގެނެސްފި --

ފަލަސްތީން ކޯލާގެ އައު ސްޓޮކެއް އެމްއެޗްއާރް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ގެނެސްފިއެވެ.

ފަލަސްތީނަށް އެހީވުމުގެ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ ގައުމަށް ނިސްބަތްވާ ދެމީހަކު ވަނީ "ފަލަސްތީން ކޯލާ"ގެ ނަމުގައި އައު ސޮފްޓް ޑްރިންކެއް އުފައްދައިފައެވެ.

މި އުފެއްދުން ރާއްޖޭގެ މަކެޓަށް އެންމެ ފުރަތަމަ ނެރުނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި އުފެއްދުން މާކެޓުކޮށް ޑިސްޓްރިބިއުޓް ކުރަނީ އެމްއެޗްއާރު ޓްރޭޑިންއިންނެވެ.

ފަލަސްތީން ކޯލާގައި ލިބެން ހުރީ ދެ ވައްތަރެކެވެ. އެއީ ނޯމަލް ކޯލާ އަދި ޝުގާ ފްރީ ކޯލާއެވެ.

އެމްއެޗްއާރްއިން ބުނި ގޮތުގައި މި އުފެއްދުން ހޯލްސޭކޮށް ލިބެން ހުންނާނީ އެމްއެޗްއާރުގެ ފިހާރަތަކުންނެވެ. މީގެ އިތުރުން ވައިބާ ނަމްބަރު 7778320 މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއެޗްއާރު ޓްރޭޑިންއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރީ ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ފިޔާ، އަލުވި، ލުނބޯފަދަ ތަރުކާރީގެ އެކި ބާވަތްތަކާއި، ކުކުޅާއި، ބިހާއި، ސީފުޑް އަދި ފިނިކުރި އެއްގަމު މަހުގެ ބާވަތްތައް ކަމުގައިވާ ބޯންލެސް ޗިކަން، ހޯލް ޗިކަން, ބީފް, މަޓަން އަދި ޗީޒް ގެ އެކި ބާވަތްތައް ވެސް ރީޓެއިލްކޮށް ހޯލް ސޭލް ކުރަމުން އަންނަ ކުންފުންޏެކެވެ.

comment ކޮމެންޓް