އައިވީއެފަށް ޚާއްސަ ޑޮކްޓަރެއް ކަމަށްވާ، ޑރ. ރަވީ ޝަންކަރަށް ކްލިނިކާ މޯލްޑިވްސްއަށް ވަޑައިގަންނަވާތީ، އެ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ކްލިނިކާއިން ހުޅުވާލައިފިއެވެ.
ޑރ. ރަވީ ކްލިނިކާގައި ބައްލަވާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ކްލިނިކާއިން އެޕޮއިންޓްމެންޓް ހޯދުމަށް ގުޅާނީ 3334554 އަށެވެ. އަދި ވަޓްސްއެޕާއި ވައިބާ މެދުވެރިކޮށް މުއާމަލާތު ކުރުމަށް 9396533 ނަންބަރު ބޭނުންކުރެވޭނެއެވެ.
ހަމައެއާއެކު، އެޕޮއިންޓްމެންޓާ ގުޅޭ މައުލޫމާތު ކްލިނިކާގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.
View this post on Instagram
ޑރ. ރަވީ ޝަންކަރަކީ ދަރިމަވައިވުމުގެ ދާއިރާއިން ޚާއްސަވެ، އެ ދާއިރާއިން 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވައިފައިވާ ގައިނެކޮލޮޖިސްޓެކެވެ. އިންޑިއާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފައިވާ ޑރ. ރަވީ ޝަންކަރު ވަނީ، ދަރިމައިވުމުގައި ދިމާވާ ދަތިތަކާ ގުޅިގެން އެތައް ސަތޭކަ ދެމަފިރިއަކަށް ލަފާ ދެއްވައި، ފަރުވާގައި ބައިވެރިވެވަޑައިގެންފައެވެ.
ވީމާ، ދަރިމައިވުމުގައި މައްސަލަތައް ދިމާވާ މީހުން އެކަމާ ގުޅޭ ގޮތުން ލަފާ ހޯދުމަށާއި އައިވީއެފް ފަރުވާ މިހާރު ވެސް ހޯދަމުންދާ އަންހެނުން، އިތުރު ލަފައެއް ބޭނުންވާ ނަމަ، ޑރ. ރަވީ ޝަންކަރުގެ އަރިހުން ހޯދޭނެކަން ކްލިނިކާއިން ފާހަގަކުރެއެވެ.
ކްލިނިކާއިން ވަނީ މުސްތަގުބަލުގައި ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގެ ޑޮކްޓަރުން ވެސް އެ ކްލިނިކަށް ވަޑައިގަންނަވާނެ ކަމަށާއި، އެ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް ބުނެފައެވެ.