މިރޭ 12އިން ފެށިގެން އުރީދޫއިން އައިފޯން 17 ސީރީޒް ޕްރީ އޯޑަރަށް ހުޅުވާލަނީ

މިރޭ 12 އިން ފެށިގެން އައިފޯން 17 ސީރީޒް ޕްރީއޯޑަރަށް ހުޅުވައިލާނެކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން ބުނީ އެޕަލްގެ އެންމެ ފަހުގެ އައިފޯން ކަމުގައިވާ އައިފޯން އެއާ، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރަށް މޫލީ މެދުވެރިކޮށް މިރޭ 00:01 އިން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

އަދި ކަސްޓަމަރުންނަށް ފޯނު ލިބެން ފަށާނީ މި މަހުގެ 26ވަނަ ދުވަހުގެ ރޭގަނޑު 00:01 އިން ފެށިގެން ކަމަށް އުރީދޫއިން ބުންޏެވެ.

https://sun.mv/211091

މި ފޯނަކީ އެޕަލް އުފެއްދި އެހެން ފޯނުތަކާ ތަފާތު، އަދި ވަރަށް ހައިރާންކުރުވަނިވި ފޯނެއް ކަމަށް އެޕަލްއިން ބުނެއެވެ. އައިފޯން 17 ގެ ޖުމްލަ ހަތަރު މޮޑެލް މިރޭ ނެރެފައިވެއެވެ.

އައިފޯން 17 ގެ ފަރުމާއަކީ ވަރަށް ރީތި އަދި މާ ބޮޑަށް ދެމިހުންނާނެ ފަރުމާއެކެވެ. މި ފޯނު ނެރެފައިވަނީ ފަސް ކުލައިންނެވެ. އެއީ ލެވެންޑާ، މިސްޓް ބްލޫ، ބްލެކް، ވައިޓް، އަދި ސޭޖް ކުލައިގައެވެ.

އެޕަލްގެ އެހެން ފޯނުތަކާ އަޅާ ބަލާއިރު ސީރީސް 17ގެ ފޯނުތަކުގެ އަގު ބޮޑެވެ.

comment ކޮމެންޓް