ސްކިލްޑް ވޯކާ ވިސާއަށް 100،000 ޑޮލަރުގެ ފީއެއް ޓްރަމްޕް ކަނޑައަޅުއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ). ޓްރަމްޕް ވަނީ ސްކިލްޑް ވޯކާ ވިސާ އެޕްލިކޭޝަން ފީ އަށް 1 ލައްކަ ޑޮލަރުގެ ފީ އެއް ކަނޑައަޅުއްވާފައި. ފޮޓޯ/ރޮއިޓާސް

ހުނަރުވެރި ބިދޭސީ މަސައްކަތްތެރިންނަށް ދޭ އެޗް-1ބީ ވިސާ ނުވަތް ސްކިލްޑް ވޯކާ ވިސާ ޕްރޮގްރާމަށް އެދި ހުށަހަޅާ ފަރާތްތަކުން އަހަރަކު 100،000 ޑޮލަރު (74،000 ޕައުންޑް) ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީ އަމުރަކުން ކަނޑައަޅުއްވައިފިއެވެ.

ފައިސާ ދެއްކުމުން ނޫނީ އެމެރިކާއަށް އެތެރެ ނުވެވޭނެ ކަމަށްވެސް އެ އަމުރުގައިވެއެވެ.

ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން އެޗް-1ބީ އެޕްލިކޭޝަންއަށް ދައްކަން ޖެހެނީ އަހަރަކު 85،000 ޑޮލަރެވެ.

ޓްރަމްޕްގެ އެ އަމުރަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

ފީ ނަގާނީ އަލަށް އެދޭ ވިސާތަކަށް ނަމަވެސް ކުންފުނިތަކުން ކޮންމެ މީހަކަށް އެ އަދަދު ހަ އަހަރު ދުވަހުގެ ތެރޭގައި ދައްކާ ނިންމަން ޖެހޭނެ ކަމަށް އެމެރިކާގެ ކޮމާސް ސެކްރެޓަރީ ހަވާޑް ލުޓްނިކް ވިދާޅުވިއެވެ.

ޔޫއެސް ސިޓިޒަންޝިޕް އެންޑް އިމިގްރޭޝަން ސާވިސަސް (ޔޫއެސްސީއައިއެސް) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަންނަ މާލީ އަހަރަށް އެޗް-1ބީ ވިސާއަށް އެދި ހުށަހެޅި އަދަދު ގާތްގަނޑަކަށް 359،000 އަށް ވަނީ ދަށްވެފައެވެ. މިއީ ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި އެންމެ އެ އަދަދު އެންމެ ދަށްވި ފަހަރެވެ.

ވިސާ ފީ އަގުބޮޑުކުރުމާ ގުޅިގެން އެމެރިކާގެ ޓެކް ކުންފުނި، އެމެޒޯނުން ވަނީ އެމެރިކާގައި މިހާރު ތިބި ތިބި އެޗް-1ބީ ވިސާ ލިބިފައިވާ މުވައްޒަފުންނަށް އެތަނުގައި މަޑުކުރުމަށް ބުނެފައެވެ. އަދި އެމެރިކާއިން ބޭރުގައިތިބި މީހުން މިއަދުގެ ކުރިން އެމެރިކާއަށް އެނބުރި އައުމަށް އަންގާފައެވެ.

މީގެ އިތުރުން އިންޑިއާގެ ލީޑިން ޓްރޭޑް ބޮޑީ ނާސްކޮމް އިން ބުނީ އެމެރިކާއިން އެޅި ފިޔަވަޅާމެދު ކަންބޮޑުވާ ކަމަށެވެ.

މަކަރާއި ހީލަތް ހެދުން ހުއްޓުވުމަށް، ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ކުރީކޮޅުވެސް ވަނީ އެޗް-1ބީ އެޕްލިކޭޝަންތައް ރަނގަޅަށް ބަލައި ޗެކް ކުރުމަށް ކަނޑައަޅައި ރަސްމީ އަމުރެއްގައި ސޮއިކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް