އޭޝިއަން ޔޫތު ގޭމްސްގެ ޓެކްނިކަލް އޮފިޝަލަކަށް ރާއްޖޭގެ އިންމަ

ތިންވަނަ އޭޝިއަން ޔޫތު ގޭމްސް ބީޗް ވޮލީގެ ޓެކްނިކަލް އޮފިޝަލަކަށް ހަމަޖެއްސި ރާއްޖޭގެ ރެފްރީ އިސްމާޢީލް އަބްދުالله (އިންމަ)--

ބަހްރޭނުގައި ބާއްވާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް ބީޗް ވޮލީގެ ޓެކްނިކަލް އޮފިޝަލަކަށް ރާއްޖޭގެ ރެފްރީ އިސްމާޢީލް އަބްދުالله (އިންމަ) ހޮވިއްޖެއެވެ.

މި މަހުގެ 22-31 އަށް ބަހްރޭނުގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ ޓެކްނިކަލް އޮފިޝަލަކަށް އިސްމާއިލް ހަމަޖެއްސީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަނުންނެވެ.

ޓެކްނިކަލް އޮފިޝަލަކަށް އިންމަ ހޮވުމާއެކު އޭޝިއަން ޔޫތު ގޭމްސް އޮގަނައިޒިން ކޮމިޓީން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.

ބީޗް ވޮލީބޯޅަ ރެފްރީ އިސްމާއީލް އަބްދުﷲ (އިންމަ) އޭވީސީގެ ރެފްރީއެއްގެ ދަރަޖަ ހާސިލުކުރީ މި އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ކެންޑިޑޭޓެއްގެ ދަރަޖައިން ރެފްރީއެއް ދަރަޖައަށް އޭނާ ވާސިލުވީ އޭވީސީން ކަނޑައަޅާފައިވާ އަދަދަށް އިންޓަނޭޝަނަލް މެޗު ހަމަކޮށްގެންނެވެ.

އިންމައަކީ އޭވީސީގެ ބީޗް ވޮލީ ރެފްރީކަމުގެ ދަރަޖަ ހާސިލުކުރި ރާއްޖޭގެ ދެވަނަ ރެފްރީއެވެ. އޭނާ ވެސް ފުރަތަމަ ހެދީ އިންޑޯ ރެފްރީކަމުގެ ކޯހެވެ. އިންޑޯގައި ރެފްރީކަން ވެސް ކުރިއެވެ. ގިނަ ފުރުސަތުތަކެއް ވެސް ފަހިވިއެވެ. އެކަމަކު، 2018 ގައި އޭނާ ބީޗްވޮލީ ރެފްރީ ކޯސް ފުރިހަމަކޮށް ކެންޑިޑޭޓެއްގެ ގޮތުގައި މަސައްކަތް ފެށިއެވެ.

ނޭޕާލްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ދެ ފައިނަލުގައި ސެކަންޑް ރެފްރީކަން އޭނާ ކުރިއެވެ.

comment ކޮމެންޓް