ވަން ޕީސްގެ ފޭންއެއްތަ؟ ދިރާގުން ވަންޕީސްގެ ހަދިޔާފޮށިތައް ހޯދާމުގެ ފުރުސަތު ހުޅުވާލައިފި

ދިރާގު ގޭމްސް ގިލްޑްގެ ޕްރިމިއަމް ޕަރޓްނަރ ކަމުގައިވާ މިނީސޯއާ ގުޅިގެން "ވަން ޕީސް"ގެ ހާއްސަ ގިފްޓް ބޮކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި---ފޮޓޯ: ދިރާގު

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޑީޖީޖީގެ ޕްރިމިއަމް ޕަރޓްނަރ ކަމުގައިވާ މިނީސޯއާ ގުޅިގެން "ވަން ޕީސް"ގެ ހާއްސަ ގިފްޓް ބޮކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ދިރާގުން މިއަދު ބުނީ މި ހަދިޔާއާއެކު 50 ޑޮލަރުގެ ޕްލޭސްޓޭޝަން (ޔޫއެސް) ގިފްޓް ކާޑެއް ވެސް ގުރުއަތުން ހޮވޭ ތިން ނަސީބުވެރި ފަރާތަކަށް ލިބިގެންދާނެ ކަމަށެވެ.

މިއީ، މަގުބޫލު އެނިމޭއެއް ކަމުގައިވާ "ވަން ޕީސް"ގެ މިނީސޯ ކަލެކްޝަން ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ ގިވްއަވޭއެއް ކަމަށް ދިރާގުން ބުނެފައިވެއެވެ.

މި ގިވްއަވޭގައި ބައިވެރިވުމަށް ހަދަން ޖެހޭ ގޮތަކީ:

  • dgg.mv އަދި soneesports.com އަށް ސައިން-އަޕް ކުރުން
  • ޑީޖީޖީގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓް ފޮލޯ ކުރުން
  • ގިވްއަވޭގެ ސޯޝަލް މީޑިއާ ޕޯސްޓް ޝެއަރ ކުރުން.

މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 17 ވަަނަ ދުވަހުގެ ނިޔަލަށް ދިރާގުން ވަނީ ހުޅުވައިލައިފައެވެ.

ޑީޖީޖީ އިން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް