އިންޑިއާއަށް ދާއިރު "އީ-އެރައިވަލް ކާޑު" ފުރިހަމަކުރަން އިލްތިމާސެއް

ވީއައިއޭގެ އާ ޓާމިނަލްގައި ފަސިންޖަރެއް: އިންޑިއާއަށް ދާއިރު "އީ-އެރައިވަލް ކާޑު" ފުރިހަމަކުރަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ/ އެމްއޭސީއެލް

އިންޑިއާއަށް ދަތުރުކުރާ ދިވެހީން، "އީ-އެރައިވަލް ކާޑު" ފުރިހަމަކުރުމަށް ދިވެހި ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އިންޑިއާގެ އިމިގްރޭޝަން އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްފައެވެ. އެ ބަދަލުތަކާ ގުޅިގެން ނިމިދިޔަ ހުކުރު ދުވަހުން ފެށިގެން، އިންޑިއާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކު އެ ގައުމަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެހެންވެ، ފޮރިން މިނިސްޓްރީން ވަނީ އިންޑިއާއަށް ދަތުރުކުރާ ކޮންމެ މީހަކު ވެސް ފުރުމުގެ ކުރިން، 72 ގަޑިއިރުތެރޭގައި އީ-އެރައިވަލް ކާޑު ފޯމް ފުރިހަމަކުރަން އިލްތިމާސްކޮށްފައެވެ.

https://sun.mv/212055

މީގެ ސަބަބުން، އިންޑިއާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަވަށްޓެރި އިންޑިއާއަކީ ދިވެހީންގެ މެދުގައި ބޭސްފަރުވާ ކުރުމަށް އެންމެ މަގުބޫލު އެއް މަންޒިލެވެ. ކޮންމެ އަހަރަކު ވެސް އެތަކެއް ދިވެހިންނެއް ބޭސްފަރުވާގެ ބޭނުމަށް އިންޑިއާއަށް ދަތުރުކޮށް އުޅެއެވެ. އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން އާސަންދަ ލިބޭގޮތްވެސް ދިވެހި ސަރުކާރުން ހަމަޖައްސާފައިވެއެވެ.

comment ކޮމެންޓް