ފުލުހުން އައުމުން މަސްތުވާތަކެތި ދިރުވާލި އަންހެނެއް ހައްޔަރުކޮށްފި

ފުލުހެއް މަގުމަތީގައި: ފުލުހުން ފެނުމުން ޑުރަގު ދިރުވާލި މީހަކު ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން އައުމުން މަސްތުވާތަކެތި ދިރުވާލި ކަމަށް ބުނާ މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގީ އަންގާރަ ދުވަހު ތ. ތިމަރަފުށީގައެވެ.

ފުލުހުން މިއަދު ބުނީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި 40 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

އޭނާ ބަލައިފާސްކުރަން އުޅުނު ވަގުތު އޭނާގެ ހަށިގަނޑުގެ ތެރެއިން ބިންމައްޗަށް ވެއްޓުނު އެއްޗެއް ނަގައި ދިރުވައިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ވަނީ ބަންދުކޮށްފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް