އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކެންސަރު ސޮސައިޓީން އަހަރަކު އެއްފަހަރު ބާއްވާ ޕިންކް ރިބަން ރަން-ވޯކް ގައުމީ ބޭންކް، ބީއެމްއެލުގެ އެހީއާއެކު އިއްޔެ ބާއްވައިފިއެވެ.
ބީއެމްއެލުން ބުނީ މިއަހަރުގެ ޕިންކް ރިބަން ރަން-ވޯކް ބާއްވާފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ އިތުރުން ތިން ރިސޯޓަކާއި 32 ރަށެއްގައި ކަމަށެވެ.

ކެންސަރު ސޮސައިޓީން ބޭއްވި ޕިންކް ރިބަން ރަން-ވޯކްގެ ތެރެއިން: ބީއެމްއެލުން ވަނީ މި ރަންއަށް އެހީތެރިކަން ދީފައި -- ފޮޓޯ: ބީއެމްއެލް
ކޮންމެ އަހަރަކު ވެސް ކެންސަރު ސޮސައިޓީން ޕިންކް ރިބަން ރަން-ވޯކް ބާއްވަނީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުމަށާއި، ކެންސަރަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ސައިކޯސޯޝަލް އެހީތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ.
ކެންސަރު ސޮސައިޓީން ފާހަގަކުރާ ގޮތުގައި ބީއެމްއެލުން އަންނަނީ 2016ވަނަ އަހަރުން ފެށިގެން ޕިންކް ރިބަން ރަން-ވޯކް ބޭއްވުމަށް އެހީތެރިވަމުންނެވެ.

ކެންސަރު ސޮސައިޓީން ބޭއްވި ޕިންކް ރިބަން ރަން-ވޯކްގެ ތެރެއިން: ބީއެމްއެލުން ވަނީ މި ރަންއަށް އެހީތެރިކަން ދީފައި -- ފޮޓޯ: ބީއެމްއެލް
އަދި އެ ޖަމިއްޔާގެ އެކި ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާކަން ކެންސަރު ސޮސައިޓީން ފާހަގަކުރެއެވެ.
ކެންސަރު ސޮސައިޓީން އަންނަނީ 2014އިން ފެށިގެން ކޮންމެ އަހަރަކު ވެސް މި ހަރަކާތް ބާއްވަމުންނެވެ.